މަކުނުދޫ ދާއިރާގެ މެމްބަރު ހދ. އަތޮޅުގެ ޒުވާނުންނަށް އޮޅުވާލަން މަސައްކަތްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހދ. އަތޮޅުގެ ޒުވާނުންނަށް އޮޅުވާލަން މިއަދު ގެ މަޖިލީހުގައި މަސައްކަތް ކުރައްވައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާ ގެ ޚިދުމަތްތައް ޖެންޑާ މިނިސްޓްރީއަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މައުޟޫއިން ބޭރަށް ޖެހިވަޑައިގެން މެމްބަރު ރާއީ ހދ. އަތޮޅުގެ ޒުވާނުންނާ މުޚާޠަބުކޮށް ވިދާޅުވީ، އެ އަތޮޅުގައި ރިސޯޓުތައް ޤައިމުކުރެވޭނެ ކަމަށާ، ސަރުކާރުން އެކުލަވާލި ޓުއަރިޒަމުގެ މާސްޓަރ ޕްލޭނުގައި ހދ. އަތޮޅުގެ ވާހަކަ ނެތް ނަމަވެސް އެ އަތޮޅުގައި ޓުއަރިޒަމް ތަރައްޤީ ކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބަ އޮތް ކަމަށެވެ.

އަދި ޕްރައިވެޓު ސެކްޓަރ ގައިވެސް އެ ފުރުޞަތު އެބަ އޮތް ކަމަށާ އެކުލަވާލެވުނު ޕްލޭނަށް ވުރެ އަދި މާ ބޮޑު ބިޔަ ޕްލޭނެއް ރައީސް ޞޯލިހު އާ މަޖިލިސް ރައިސް ނަޝީދު އާ ދެބޭފުޅުންގެ ވިސްނުމުގައި އެ ދާއިރާތަކާ މެދު އެބައޮތް ކަމަށެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު މި ފަދަ މޭރުމަކުން ވާހަކަދެއްކެވީ އަދުގެ ސަރުކާރުން ޓުއަރިޒަމް މާސްޓަރ ޕްލޭން ތައްޔާރު ކުރި އިރު އެ ޕްލޭނުން ހދ. އަތޮޅު ބާކީ ކޮށްފައިވާތީ އެ އަތޮޅުގެ ގިނަ ޒުވާނުން އެކަމާމެދު ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެހެންކަމުން އެ އަތޮޅުގެ ޒުވާނުން ބުނަމުން ދަނީ މެމްބަރު ރާއީ މަސައްކަތް ކުރައްވަނީ އެ ޒުވާނުން ލޯމަތީ އަނދުން އެޅުވުމަށް ކަމަށެވެ. އެހެންނަމަވެސް އެ ކަމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށްވެސް އެ ޒުވާނުން ބުނެއެވެ. ހދ.އަތޮޅަށް ޓުއަރިޒަމު ތަޢާރަފުކޮށްދެއްވީ ރައީސް ޔާމީންގެ ޒަޢާމަތުގައި ކަން ފާހަގަކޮށްލެވެއެވެ.

އަދި އެ ދާއިރާގައި ޓުއަރިޒަމް ފުޅާ ކުރުމުގެ ގޮތުން އެމަނިކުފާނު އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުވެސް ހިމެނެއެވެ. އަދި ރައީސް ޔާމީނަކީ ރާއްޖޭގައި ޓުއަރިޒަމު ތަޢާރަފު ނުވެ ހުރި ގިނަ އަތޮޅުތަކަށް ޚާއްޞަކުރައްވައިގެން ޓުއަރިޒަމްގެ އެކި އެކި ޕްލޭނުތައް އެ ސަރަހައްދުތަކަށް އެކުލަވާލާ އެ ޕްލޭނުތަކުގެ މަސައްކަތްވެސް ފެއްޓެވި ވެރިއެއްކަން ފާހަގަކޮށްލެވެއެވެ.

އަދި މި ކަމަކީ އ އަތޮޅުގެ ޒުވާނުންވެސް މިއަދު ގަބޫލު ކުރާ ހަގީގަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ބ ބ 07 އޮގަސްޓް 2019 - 17:47

    ހުރިހާ ސަރުކާރަކުން ވެސް ހދ އަތޮޅު ބާކީ ކޮށްފައިވަނީ

ގުޅުން ހުރި
Loading...