އެއްވެސް ކަމެއް އަދި މި ސަރުކާރަކަށް ނުކުރެވޭ: މިނިސްޓަރ ނަހުލާ

ފޮޓޯ: މަޖިލިސް

މިސަރުކާރަށް އަދި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއުތިރާފުވެ ވަޑައިގެންފިއެވެ.

ހެލްމެޓް އަޅަން މަޖުބޫރު ކުރުން ފިޔަވައި އިތުރު އެއްވެސް އާކަމެއް މިސަރުކާރަށް ކުރެވިއްޖެތޯ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރެއްވުމުން ނަހުލާ ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައީ އާކަންތައްތަކެއް ކުރަން ނޫން ކަމަށެވެ.

ކަމެއް ކުރެވޭނީ ހާވަފައި ހުރި ހަޑިއެއް ސާފުކޮށް ގެން ކަމަށް ވިދާޅުވެ މިނިސްޓަރ ނަހުލާ ވިދާޅުވީ ކުރަން ހުރި ކަންތައްތަކުގެ ޕްލޭން އަދި ކުރެވެނީ ކަމަށެވެ. އަދި އެއްވެސް ކަމެއް ރަނގަޅަކަށް ކުރެވޭ ކަމަށާއި ކުރެވޭ ގޮތެއް ނުވެސް ވާ ކަމަށް ނަހުލާ ވިދާޅުވި. އެގޮތުން ބަޖެޓަށް ބަލަން ޖެހޭ ކަމަށާއި ލާރި ހޯދަން ޖެހޭ ކަމަށް ނަހުލާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މެމްބަރު ޝިޔާމް ކުރެއްވި ސުވާލަށް ވަރަށް ހިތްހަމަނުޖެހިވަޑައިގެން ހުންނަވާ ޖަވާބު ދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މިސަރުކާރުން ކުރާނެ ވަރަށް އާކަންތައްތަކެއް އިއްޒަތްތެރި މެންބަރުންނަށް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.

އަދި މާލޭގައި އުޅަނދު ފަހަރު ޕާކް ކުރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޮޓޯ ސައިކަލް ޕާކު ކުރުމަށް އެއްހާހާއި ފަނަރަސަތޭކައާ ދެމެދުގެ ޖާގަ އަދި، ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް އެއްހާސް ޖާގަ މާލޭގައި ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޖުމްލަ ގޮތަކަށް ނަހުލާގެ ވާހަކަތަކަށް އިޝާރާތްކުރައްވާ މެމްބަރު ޝިޔާމް ވިދާޅުވީ އަދުގެ ސަރުކާރަށް ނުވަ މަސް ދުވަސް ވެގެންދާއިރުގައިވެސް އެއްވެސް ކަމެއް ރައްޔިތުންނަށް ކަމެއް ކޮށްދީފައި ނުވާކަމަށެވެ.

އަދި ޒިންމާދާރު ކަމާއެކު މުއައްސަސާތައް ހިންގުމަށް މެމްބަރު ޝިޔާމް ވަނީ ގޮވާލާފައެވެ. އެއްވެސް ކަމެއް މި ސަރުކާރަކަށް ނުކުރެވޭ ކަމަށް މިނިސްޓަރ ނަހުލާ އިއުތިރާފުވެ ވަޑައިގެންނެވީ ވެހިކަލްތަކުގައި ސްޓިކާ ޖަހާ މައްސަލައިގައި މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

އަދުގެ ސަރުކާރުގެ ވަޒީރުން އަބަދުވެސް މަސައްކަތް ކުރައްވަނީ ކޮނޑުގައި އެޅިފައިވާ ޒިންމާތަކުން ބަރީޢަވެވަޑައިގަތުމަށް ކަމަށް އާންމު ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެގޮތުން ޓްރާސްޕޯޓު މިނިސްޓަރ ނަހުލާއަށްވެސް ރައްޔިތުންނަށް އާ ޙިދުމަތެއް ފޯރުކޮށްދިނުމުގައި ދަތިފުޅުވެފައިވަނީ ކުރީ ސަރުކާރުން ކަންތައްތައް ކުރައްވާފައިވާ ގޮތުން ކަމަށް ވިދާޅުވެ ޒިންމާތައް ބޮލާލާ ޖައްސަވާފައިވާ ކަމަށް ރައްޔިތުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...