ދައުލަތުން މަސައްކަތް ކުރީ އެންމެ ހެއްކެއް ހުށަހަޅައިގެން އޯލް އިން ވަންގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންދަން: ޝިޔާޒު

- ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމް -

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ ޝަރިޢަތުގެ މަޖިލީހުން ދައުލަތުން މަސައްކަތް ކުރީ އެންމެ ހެއްކެއް ހުށަހަޅައިގެން އޯލް އިން ވަންގެ ގޮތުގައި ހުރިހާ ކަމެއް ކުރަން ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތުގެ މި އަދުގެ އަޑުއެހުން ނިއްމަވާލެއްވުމަށް ފަހު ޗެނަލް ތާޓީން އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވީ ދައުލަތުން މަސައްކަތް ކުރައްވަނީ އެންމެ ހެއްކެ ހުށަހަޅައިގެން އޯލް އިން ވަންގެ ގޮތުގައި ހުރިހާ ކަމެއް ކުރައްވަން ކަމަށެވެ.

ހެކިބަސް ދިނުމަށްޓަކައި ވަޑައިގެންނެވި ބޭފުޅާއަކީ އަމިއްލަ މަސްލަހަތު ވަރަށް ބޮޑަށް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ ޝިޔާޒު ވިދާޅުވީ އެކަންތައްތައް އަދި ކުރިއަށްއޮތް ތަނުގައިވެސް ހުށަހަޅާނެ ކަމެއް ކަމަށެވެ. އަދި އެމީހަކާ ނުގުޅޭ ކަންކަމުގައިވެސް ހެކިބަސްދޭތަން ފެނިގެންދާ ކަމަށްވެސް ޝިޔާޒު ވިދާޅުވިއެވެ.

މުއައްވިޒު ރަޝީދަށް އިޝާރާތް ކުރައްވާ ޝިޔާޒު ވިދާޅުވީ ހެކިބަސް ދެއްވި ފަރާތަށް އެއްވެސް ޔަގީން ކަމެއް ނެތްކަމަށާއި އެ މައްސަލައިގެ ރެކޯޑު ފަހަރެއްގައި އޭސީސީގައި ހުރެދާނެ ކަމަށް މުއައްވިޒު ވިދަޅުވިކަމަށެވެ. އަދި ހެކިބަސް ދެއްވި އިރުގައި ދެކެވިފައި ހުރި ގިނަ ވާހަކަތައްވެސް އެ ބޭފުޅާ ހަނދާނުގައި ނެތްކަމަށް އެބޭފުޅާ ވިދާޅުވިކަމަށެވެ.

އަދި މި މައްސަލައިގެ ފުރިހަމަ ޑޮކިއުމަންޓްތައްވެސް ވަކީލުންނަށް ފޯރުކޮށްދީފައި ނުވާ ކަންވެސް ޝިޔާޒު ފާހަގަކުރެއްވިއެވެ. އެ ދެ ޑޮކިއުމަންޓް ނުދައްކާ އަދި ޝަރީއަތަށްވެސް ހުށަހެޅިފައިވާ ކަން ނާންގާ އުޅުނީ މި މައްސަލަ ވަކިގޮތަކަށް ނިއްމުމަށްޓަކައި ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް ފަހާގަކުރެވުނީ ލިޔެކިޔުންތައް ހުށަހަޅައިގެންވެސް އެ އާއި ދޭތެރޭ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބޭގޮތަށް ދައުލަތުން ޝަރީޢަތުގެ އަޑުއެހުން ކުރިއަށްގެންދަން އުޅުނުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުލަތުން އެ ޑޮކިއުމަންޓްތައް އަރުވާނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ. އަދި ހުށަހަަޅާ ހެކިން އެއްދުވަހެއްގައި ހާޒިރުކުރަން ޖެހޭކަމަށް ވިދާޅުވެ ޝިޔާޒް ފާހަގަކުރެއްވީ ހެކިންގެ ގޮތުގައި ހެކިބަސްދޭ ފަރާތުން ަދއްކާ ވާހަކަތައް ކޮޕީ ކުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އެހެންކަމުން ޖިނާޢީ ހެކިބަސް ނަގަންޖެހޭނީ އެ ފަދަ ފުރުސަތެއް ނުދީ ކަމަށް ޝިޔާޒް ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުން ނިއްމާލީ ދިފާޢީ ހެކިންގެ ގޮތުގައި ހުށަހެޅި ހެކިބަސް ގަބޫލުކުރައްވާ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށްފަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...