އޮފްޝޯ ޕްލެޓްފޯމަކީ މަސްވެރިންނަށް ލާ ޖެހޭނެ ފަދަ މަސައްކަތެއް ނޫން: މެމްބަރު އާދަމް ޝަރީފް

- މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު -

އެމްޑީޕީގެ ސަރުކާރެއް އޮވެމަ އެމްޑީޕީ ސަރުކާރެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަަކައި ގަރާރުތައް ހުށަހެޅުމުގެ މަގްސަދާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާ ގުޅުން ހުރި ބިލްތަކަކަށް މަޖިލިހުގައި ބަހުސް ކުރެވެމުންދާ މި ދަނޑިވަޅުގައި ޗެނަލް ތާރޓީންގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ދުނިޔޭގެ އާ ހޯދުންތަކާއި އާ އީޖާދުތަކާ އެކީގައި މަސްވެރިކަމުގެ ސިނާއަތަކީ ފުޅާ ކުރަންޖެހިފައިވާ ސިނާޢަތެއް ކަމަށެވެ.

އަދި ކަނޑުގެ ޚަޒާނާއިން އެންމެ ބޮޑަށް ފައިދާ ހުރި ގޮތުގައި ނަފާ ލިބެންޖެހޭނެ ގޮތަކަށް މަސްވެރިކަމުގެ ސިނާޢަތް ފުޅާ ކުރުމަކީ މިއަދު މަސްވެރިންނަށް ނުހަނު ބޭނުންވާ ކަމެއް ކަމަށް އާދަމް ޝަރިފް ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ހަމަ އަގު ރަނގަޅު ގޮތުގައި ލިބުމަކީވެސް ކޮންމެ ބަޔަކުވެސް އެދޭނެ ކަމެއް ކަމަށްވެސް އާދަމް ޝަރީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައިވެސް މަސްވެރިންނަށް ފާއިދާ ހުރި މުހިންމު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެގޮތުން މަސްވެރިކަމުގެ ދާއިރާ ފުޅާ ކުރުމަށްޓަކައި ޙާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަަސައްކަތްތަކެއް ކުރެއްވި ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އަދި މިހާރު މަޖިލިހަށް ހުށަހެޅިފައިވާ ގަރާރުތަކަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އެފަދަ ގަރާރުތަކަކީ އާންމު ގޮތެއްގައި ސަރުކާރެއްގެ ތެރޭގައި ކަންތައްތައް ހިނގަމުންދާ ގޮތުން ސަރުކާރަކަށް އެ އަޑުތައް އިއްވުމަށްޓަކައި ސަރުކާރެއްގެ ސިޔާސަތުތަކެއް އެކަމަކަށް ތަޢާރުޒު ވާގޮތެއް ނުވަތަ ރައްޔިތުން ބޭނުންވާ ގޮތާއި ޙިލާފަށް އެ ކަމެއް ދާ ކަމަށްވަންޏާ ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށެވެ.

ނަމަވެސް އެމްޑިޕީ ސަރުކާރެއް އޮވެމެ އަދި އެ ބޭފުޅުންގެ ވެރިކަމެއްގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި އެފަދަ ގަރާރުތައް ހުށަހަޅައިގެން ދެ ހަފްތާ ވަންދެން އެ ބޭފުޅުން އެ ކުރެއްވީ ބޭކާރު މަސައްކަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޮފްޝޯ ޕްލެޓް ފޯމާއި ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރުމަށްޓަކައި ކިހާވަރެއްގެ ދިރާސާތަކެއް ކުރެވި އަދި ކިހާވަރެއްގެ ތައްޔާރީތަކެއް އެމްޑީޕީ މީހުން ވީތޯ އެއީ އުފެދޭ ސުވާލެއްކަމަށެވެ.

އަދި އެމްޑީޕީ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ އީ ކުރެވިދާނެ ކަމެއް ކަމަށާއި އެހެންނަމަވެސް ކުރަން އުޅޭ ކަމަކާ ބެހޭގޮތުން އެމްޑީޕީގެވެސް ގިނަ ބޭފުޅުންނަކަށް އަދި އެއީ ކިހިނެއްވާން އުޅޭ ކަމެއްކަންވެސް ނޭގޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ކުޑަދަށުގައި ވާހަކަދައްކަވާއިރުގައިވެސް އެ ކަމަށް ތާޢީދު ނުކުރައްވާ ބޭފުޅުން ތިއްބަވާކަން ފާހަގަވާ ކަމަށްވެސް އާދަމް ޝަރީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޕްލެޓް ފޯމު ގާއިމް ނުކުރެވޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ މަޝްރަހު އޮންނަ ގޮތަށް ބަލާއިރުގައި ރަށްރަށުގެ ބޭރުގައި އެއް ދޯންޏާއި އަނެއް ދޯނި ކައިރިވާ އިރުގައިވެސް ބާނި ހުންނަ ވަރުން އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށެވެ.

އެހެންނަމަވެސް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެކަމަކީވެސް ރަނގަޅު ގޮތެއްގައި ކުރެވިދާނެ ކަމަކަށް ގަބޫލުކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިެވެ. އަދި އެފަދަ ގޮތަކަށް އެކަން ކުރިއަސް މަސްވެރިންނަށް އެކަމުން ކިހާވަރެއްގެ ފާއިދާ އެއް ކޮށްފައިނެތޯ އެއީ އެކަމުގައި ހުރި ކަންބޮޑުވުމެއްކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

މަސްވެރިންނަށް އިތުރު ތަކްލީފެއް މިކަމުން ލިބިގެން ހިނގައިދާނެ ކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ މި މަސައްކަތްވެސް ބޭރުގެ ކޮންމެވެސް ބަޔަކަށް ދޭން އުޅޭފަދަ އިހްސާސަތަކެއް ވާ ކަމަށެވެ.

އަދި އެމްޑީޕީ މީހުންނަކީ އާންމު ނަޒަރިއްޔާ އިން ވިސްނާވަރަށް ވުރެ ބޮޑަށް ތަފާތު ކަންތައްތަކެއް ހުށަހަޅުއްވާ ބަޔަކަށް ވުމުން މި ގަރާރަކީވެސް އެފަދަ ކަމަކަށް ވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ކޯމަދެ 31 ޖުލައި 2019 - 16:49

    ސަބަހޭ ދަރިޔާ ސަބަސް އިންގޭ

ގުޅުން ހުރި
Loading...