ބީއެމްއެލުން އެދުނު ފަދަ އަމުރެއް ނެރެ ދެވެން ނެތް ކަމަށް ހުކުމްކޮށްފި

ތަހުގީގީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް ބީއެމްއެލްއިން ސިވިލް ކޯޓުގައި އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް އެކޯޓުން ހުކުމް ކޮށްފިއެވެ.

ކޮރަޕްޝަން އެންޑް އެސެޓް ރިވަކަރީ ކޮމިޝަނަށް ކޯޓު އަމުރެއް ނެތި މަޢުލޫމާތު ދޭން ނުޖެހޭނެކަމަށް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެދުނު ގޮތައް ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައަޅާ ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބީއެމްއެލްއިން އެދުނުފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ބީއެމްއެލްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެސްޓް ރިކަވަރީ ކޮމިޝަނުން ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވާތީ އެކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބޭނުންވާ މައުލޫމާތު ދިނުމަށް ބީއެމްއެލްއިން އުޒުރުވެރިވަނީ ހައިކޯޓުގެ ހުކުމެއްގެ ސަބަބުންނެވެ. ތަހުގީގީ އިދާރާތަކުން ބަލަމުންދާ މައްސަލަތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ހޯދަން ބޭނުންވާ ބައެއް މަޢުލޫމާތު ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ފުލުހުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފައެވެ.

އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފުލުހުން އަދި އޭސީސީން ވަނީ ބީއެމްއެލްގެ އެނިންމުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ތަހުގީގީ އިދާރާތަކުން ތަހުގީގުކުރާ މައްސަލަތައް ނިންމުމަށާއި އިންސާފު ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް ބުނެފައެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކަމަށްބުނެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހްގީގު ކުރަމުންދާ މައްސަލަތަކުގައި ބީއެމްއެލްއިން ހޯދަން އެދުނު މަޢުލޫމާތުދޭން ދެކޮޅުހަދައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެންޓިކޮރަޕްޝަންސް ކޮމިޝަނުންވެސް ތަދައްޚުލް ވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...