ވެރިކަން ވައްޓާލެވިދާނެ ކަމަށް އިސްތިއުފާ ދެއްވި ރައީސް ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: ވަން އޮންލައިން

ބޮޑު ކޯލިޝަނަކާއެކު އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ވައްޓާލެވިދާނެ ކަމަށް އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރުމަށް، ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން، އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިހާރު ހިނގަމުން މިދާ އެމްޑީޕީގެ ވެރިކަން ވައްޓާލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އަނެއްކާވެސް އެނބުރި އައިސް ހަމަ އެވާހަކަ ދައްކަވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އިސްތިއުފާ ދެއްވި ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެ ހަފްލާގެ ދައުވަތު ފޮނުއްވާފައި ވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަމަވެސް އެމަނިކުފާނު ވަޑައިގެންނެވީ "އެމްޑީޕީގެ ރައީސް"ގެ ހައިސިއްޔަތުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝިދު މިހެން ވިދާޅުވިއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ރައީސް އަކަށް ވާނީ ވެރިއަކަށް ހުންނެވި ބޭފުޅާކަން ވެސް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށް ބުނެ ހަފްލާގެ ެތެރެއިންނާއި ސޯޝަލް މީޑިއާގައި  ގިނަ ބަޔަކު ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވެރިކަން ވައްޓާލެވިދާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިންނަށް އިޝާރާތް ކުރައްވާ ކަމަށާއި އެއީ ވިޔަފާރި ވެރިންނަށް އެއްލި ގާބުރިއެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

ނަޝީދު ވިދާޅުވީ މއިީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށްވީ އިރު، މިގައުމު ތަރައްގީ ކުރަންޖެހޭނީ ވެސް އެ އުސޫލުން ކަމަށެވެ. އެގޮތުން އެންމެ ފުރިހަމަ އަށް ރަށްތައް ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި އެޖެންޑާ 19އާއެކު އަލުން ވެރިކަން ހޯދީ ރައްޔިތުންގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިވެރިކަން ވައްޓާލެވިދާނެ ކަމަށް ނަޝިދު ވިދާޅުވިއިރު އެމަނިކުފާނަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު ވެރިކަން ދޫކޮށްލައްވާ ވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް ހައްޔަރު ކުރެއްވުމަށްފަހު، ފުލުހުންނާއި ސިފައިންގެ މައްޗަށް ކުރެއްވި ޣައިރު ގާނޫނީ އަމުރުތަކުގެ ސަބަބުން ކުރިމަތިވި ގޮންޖެހުން ތަކުގެ ސަބަބުންނެވެ.

ނަޝީދުގެ ވެރިކަމުގައި ހެއްދެވުނު ގޯސްތަކުގެ ސަބަބުން އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވަމުން ނަޝިދު ވަނީ އިތުރަށް ވެރިކަމުގައި ދެމި ހުންނަވައިފިނަމަ ގައުމާއި ރައްޔިތުންނަށް ނުހަނު ގެއްލުންވެދާނެ ކަމަށް ފެނި ވަޑައިގަންނަވާތީ އިސްތިއުފާދެއްވަނީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާ ދެއްވީ މަޖުބޫރު ކުރުވުމުން ކަމަށް ވިދާޅުވެފައެވެ.

ވެރިކަމުން އިސްތިިއުފާ ދެއްވި ދުވަހާއި ޖެހިގެން އައި ދުވަހު އެމްޑީޕީގެ ލަޝަކަރަކާއެކު ނަޝީދު ވަނީ މަގުތަަކަށް ނުކުންނަވާ ހަމަނުޖެހުން ހިންގާ ސަރުކާރުގެ މުދަލާއި އިމާރާތްތަކުގައި ހުޅުޖަހާ ދައުލަތުގެ މުދަލަށާއި ސަރުކާރާށް ގުނާ އަދަދު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢޒްރާ އަލީ 30 ޖުލައި 2019 - 14:41

    މިރޯނު ބްރާންތި ގެ ވެރިކަންވެއްޓުނު ގޮތައް މިވެރިކަންވެސް ވެއޓިދާނެ ކަމައް މިބްރާންތި ބުނުމަކީ ހެޔޮފާލެއްކަމައް ދެކެން އެދުވަސް ވ ގާތްވެއްޖެ ބާޣީ ފަޒްނާ ފުރަތަމަ ވައްޓާލާފަ

ގުޅުން ހުރި
Loading...