ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓް އެވޯޑުގެ ވަނަތަކެއް އަމިއްލަ ފުށި ރިސޯޓަށް ލިބިއްޖެ

ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓް އެވޯޑުގެ ވަނަތަކެއް ރާއްޖޭގެ އަމިއްލަ ފުށި ރިސޯޓަށް ލިބިއްޖެއެވެ.

ރަޝިއާގެ 'ދަ ސްޓޭޓް ހަރމިޓޭޖް މިއުޒިއަމް އޮފިޝަލް ހޮޓެލް' ގައި ބޭއްވި ހަފްލާއެއްގައި އަމިއްލަ ފުށި ރިސޯޓަށްވަނީ ތިން އެވޯޑެއް ލިބިފައެވެ. އެގޮތުން ބެސްޓް ލަގްޒަރީ ވޯޓަރސައިޑް ރެސްޓޯރެންޓް އެވޯޑާއި، ބެސްޓް ޖަޕަނީސް ކުޒިން އެވޯޑުގެ އިތުރުން ބެސްޓް ލަކްޝަރީ ޖަންގަލް ރިސޯޓް އެންޑް ސްޕާގެ އެވޯޑް އަމިއްލަފުށި ރިސޯޓަށް ވަނީ ލިބިފައެވެ.

ވޯލްޑް ލަގްޒަރީ ސްޕާ އެންޑް ރެސްޓޯރެންޓް އެވޯޑަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޙިދުމަތްދޭ ރެސްޓޯރެންޓްތަކާއި ސްޕާތަކަށް ދެވޭ އެވޯޑެކެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ ޝަރަފްވެރި އެވޯޑުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެވޯޑެކެވެ.

އަމިއްލަ ފުށި ރިސޯޓަކީ ބޮޑު އިންވެސްޓެއްކޮށްގެން ބ އަތޮޅުގައި ތަރައްޤީކޮށްފައިވާ ފަސްތަރީގެ ރިސޯޓެކެވެ. މިއީ ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި މަގޫބުލު އަދި ގިނަ ސެލެބްރިޓީން ޒިޔާރަތްކޮށްފައިވާ ރިސޯޓެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...