އައިއޯއައިޖީއަށް ދިޔަ ދިވެހި ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އައިއޯއައިޖީގައި ވާދަކުރުމަށް މޮރިޝަސް އަށް ދިޔަ ދިވެހި ގައުމީ ޓީމުތަކުގެ އެތުލީޓުން މާލެ އައިސްފިއެވެ.

ދިވެހި ގައުމީ އެތުލީޓުން ބަލައި ދިޔަ ގައުމީ އެއާލައިންގެ ބޯޓް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޖެއްސީ މިއަދު ހަވީރުއެވެ.

ގައުމީ އެތުލީޓުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު ގިނަ ރައްޔިތުން ތަކެއް ނުކުމެ އިއްޒުއްދީނު ފާލަން ސަރަހައްދުންވެސް ވަނީ ދިވެހި ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި މުބާރާތަށް ދިއުމުގެ ކުރިން ރާއްޖެއިން ކަނޑައެޅި އަމާޒަށް ވާސިލް ވެވި އެތްލީޓުން ހޯދި ކާމިޔާބީތައް ފާހަގަ ކުރުމަށް މާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެއިން މި މުބާރާތުގައި ވާދަކޮށްފައި ވަނީ ފަނަރަ ވަރަކަށް މެޑަލް ހޯދުމަށް އަމާޒުކޮށްގެންނެވެ.

ރާއްޖެއިން ޓާގެޓް ކުރ އަމާޒަށް ގައުމީ އެތްލީޓުން ވާސިލުވެފައިވާއިރު ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދީފައި ވަނީ ޓީޓީގައި ވާދަކުރި އެތުލީޓުންނެވެ.

މިއީ ދިވެހި ތާރީހުގައިވެސް ކުޅިވަރު މުބާރާތެއްގައި ރާއްޖެއަށް މިހާ ގިނަ މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...