ބަނގު އާވި ހިމެނޭ ބުއިމެއް ވިއްކަން ހުރި މައްސަލަ ފެންމަތިވެއްޖެ

މާލޭ ސިޓީގެ އާންމު ފިހާރަ ތަކުގައި ބަނގު އާވި ހިމެނޭ ބުއިމެއް ވިއްކަން ހުރި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ ގާސްޓަލް ޖަހާފައިވާ ދަޅުގައި ބަނގުއާވި ހުރިކަން ފާހަގަކުރެވިގެން، އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް ކަސްޓަމްސް އިން ހާމައެއް ނުކުރައްވައެވެ.

މާލޭ ސިޓީގެ ފިހާރަ ތަކުގައި ވިއްކަން ހުރި އަލްކަހޯލް ފުރީ ޖަހާފައިވާ މި ބުއިމަކީ ޖަރުމަނުގެ އުފެއްދުމެކެވެ.

ރާއްޖޭގެ ފިހާރަތަކުގައި ބަނގުއާވި ހުރި ބުއިމެއް ވިއްކަމުންދާ މައްސަލައިގައި މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ފިހާރަތަކުން އެތަކެތި ނެގުމަށް ގޮވާލަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...