ސެމްސަންގެ ފަތްޖެހި ފޯނު ނެރުން އަނެއްކާ ވެސް ލަސްކޮށްފި

ސެޕްޓެމްބަރު މަހު ނެރެން ނިންމާފައިވާ ސެމްސަންގް ކުންފުނީގެ ގެލެކްސީ ފޯލްޑް ބާޒާރަށް ނެރުން ފަސްކޮށްފިއެވެ.

މި ފޯނު ބާޒާރަށް ނެރުން ތިންވަނަ ފަހަރަށް ލަސްކޮށްފައި މިވަނީ މި މޮޑެލްގެ ފޯނުތައް ހަލާކުވާ މައްސަލަ ފެންމަތި ވުމުގެ ސަބަބުންނެވެ.

މި ފޯން ބޭނުން ކުރި ފަރާތްތަކުން ބުނެފައިވަނީ ފޯން ބޭނުން ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ ފޯނުގެ ޑިސްޕްލޭ ހަލާކުވެފައިވާކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ފޮޓޯ އާއި ވީޑިއޯ މެދުވެރިކޮށް ޓްވިޓާގައި އެ ވާހަކަތަށް ހިއްޞާކޮށްފައެވެ.

ސެމްސަންގް ކުންފުނިން ބުނެފައި ވަނީ ގެލެކްސީ ފޯލްޑް ނެރޭނީ ހުރިހާ މައްސަލައެއް ރަނގަޅު ކުރުމަށްފަހު ކަމަށެވެ. އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މާ ގިނަ ދުވަހެއް ނުވެ ފޯން އަލުން ނެރޭނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މި ހަފްތާގައި ހޮންގްކޮންގް އާއި ޝަންހާއީގައި ބާއްވަން އުޅުނު އިވެންޓްވެސް ވަނީ ކެންސަލްކޮށްފައެވެ.

މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވަނީ ގެލެކްސީ ފޯލްޑްގެ އަގުތައް ފެށޭނީ 2،000 އެމެރިކާ ޑޮލަރުން ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ ތިރީސް ހާހަށްވުރެ ގިނަ ރުފިޔާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...