ކުޑަ ފިރިހެން ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ

މާލޭގެ ގެއެއްގެ ތެރޭ ކުޑަކުއްޖަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.

ރޭ 9:30 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ދަންޖެހިފައި ހުރީ ކޮޓަރީގެ ކުޑަދޮރުގައެވެ.

އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވެގެން ކޮޓަރިއަށް ވަދެ ބެލިއިރުއެވެ. އެގޮތުން އެކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނު އިރުވެސް އޭނާ ވަނީ މަރުވެފައެވެ.

މިހާރުވެސް ތައުލީމް ހާސިލް ކުރަމުންދާ، ކިޔެވުމަށް މޮޅު، އަހުލާގު ރަނގަޅު މި ކުއްޖާގެ މަރާ ގުޅޭ އިތުރު މައުލޫމާތު ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢަލީރަސީދު 28 ޖުލައި 2019 - 21:45

    ޖެނަލު13މިހާރުނުފެނޭ

ގުޅުން ހުރި
Loading...