ބޯނަސް ނުލިބޭތީ އެއާޕޯޓް މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުން ބޯނަސް ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަސް ދިނުން ލަސްވާތީ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ސަރުކާރުން ވަނީ މުވައްޒަފުންނަށް ބޯނަސް ދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައެވެ.

ފިނޭންސް މިނިސްޓްރީ އިން އިއުލާން ކޮށްފައިވާ އުސޫލުގައިވާ ގޮތުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުންޏަކުން އަހަރީ ބޯނަސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭން ވާނީ ކުންފުނީގެ ބޯޑުން ފާސްކޮށް، އަހަރީ އާއްމު ޖަލްސާއަކުން ފާސް ކުރުމަށްފަހުއެވެ. އަދި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ނަމަ، އަހަރީ ބޯނަސް ދޭން ބޯޑުން ނިންމުމުގެ ކުރިން ފިނޭންސްގެ ހުއްދައެއް ހޯދަން ޖެހެއެވެ.

މި މައްސަލައިގައި އެކުންފުނިން ވަނީ އިންޓާނަލް މެމޯއެއް ނެރެފައެވެ. އެ މެމޯގައި ވަނީ 2018 ވަނަ އަހަރު ކުންފުނިން ގިނަ ޕްރޮޖެކްޓްތަކެއް ހިންގި ކަމަށާއި އަދި މި އަހަރު ކުންފުނިން ގިނަ ޚަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އަހަރީ ބޯނަސް ލިބޭނީ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިގެން ކަމަށާއި އެ ޖަލްސާ ޖުލައި މަހު ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއޭސީއެލްގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވެސް ދަނީ ބޯނަސް ލިބުން ލަސްވާތީ ހިތްހަމަނުޖެހުން ފާޅުކުރަމުން.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ނާސިފާ 25 ޖުލައި 2019 - 17:09

    ސާބަހޭ ނާސިފު.. ޔޫ އާ ދަ ބެސްޓް.

ގުޅުން ހުރި
Loading...