ޑެންގޫ ހުން ޖެހުނު ކުޑަ ކުއްޖަކު ނިޔާވެއްޖެ

ޑެންގޫ ހުން ޖެހިގެން ފަރުވާ ދެމުން ދިޔަ އުމުރުން 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ނިޔާ ވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ ހދ. ކުޅުދުފުށި ކަސަބުގެ، ހަސަން ހައިސަމް ހުޞައިން އެވެ. އޭނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް އިތުރު ފަރުވާއަށް މާލ ގެނައީ ރޭގަ އެވެ.

މަދިރީގެ ޒަރިއްޔާ އިން ޖެހޭ ޑެންގޫ ހުމުގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނިވެސް 333 މީހަކަށް ވަނީ ޑެންގޫ ޖެހިފައެވެ. އެގޮތުން ޑެންގޫ ހުން އެންމެ ބޮޑަށް ފެތުރުނީ ދ. އަތޮޅުން 60  މީހަކަށް ވަނީ ޑެންގޫ ޖެހިފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވިދާޅުވީ މިދިޔަ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް 2474 މީހަކަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގޫ ދަނީ އިތުރުވަމުންނެވެ. އެގޮތުން މަދިރީގެ ސަބަބުން ޖެހޭ މި ބައްޔަށް ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...