ކޮމޮރޯސް އަތުން މޮޅުވެ ގައުމީ ވޮލީ ޓީމް ދެވަނަ ބުރާއި ގާތަށް ޖެހިލައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކޮމޮރޯސްގެ މައްޗަށް ކުރި ހޯދާ ގައުމީ ފިރިހެން ވޮލީ ޓީމުން މެޑަލްއަކަށް ކުރާ އުއްމީދު އައުކޮށްފިއެވެ.

ގައުމީ ވޮލީ ޓީމު ކުޅުނު ދެވަނަ މެޗުގައި ކޮމޮރޯސްގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ވާދަވެރިކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 25-23 އިންނެވެ. ރާއްޖޭގެ ހަސަން ނިލާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ދެވަނަ ސެޓް ރާއްޖެ ކާމިޔާބު ކުރީ 25-20 އިންނެވެ.

ތިންވަނަ ސެޓުގައި ކޮމޮރޯސްއިން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް ރާއްޖޭގެ އިސްމާޢިލް ސާޖިދާއި އަޙުމަދު ހުޒާމްގެ ވަރުގަދަ އެޓޭކްތަކާއެކު ރާއްޖެއިން ކުރި ހޯދީ 25-19 ގެ ނަތީޖާއިންނެވެ.

މިނަތީޖާއާއެކު ރީޔޫނިއަން އާއި ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ ދެވަނަބުރުން ފުރުޞަތު ލިބިގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...