އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

ޖޫންމަހު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމަކަށް އިންޑިއާވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަމަހު ރާއްޖެއަށް ވަނީ އެއްލައްކަ ތޭރަހާސް ހަތަރު ސަތޭކަ ފަންސާސް ހަތް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް މާކެޓުގެ ތެރޭގައި އިންޑިޔާ ދެވަނައަށް ޖެހިލާފައިވާއިރު ޖޫންމަހުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާއެވެ. އެގައުމުން 140،265 ފަތުރުވެރިން އައިސްފައި ވެއެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީ ވިލާތުންނެވެ. އެގައުމުން 75،376 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ޖޫންމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް ވަނީ 16.3އަށް އިތުރުވެފައެވެ. އަދި އިޓަލީން އައި ފަތުރުވެރިންގެ ނިސްބަތް 33.7 އަށް އިތުރުވެފައިވާއިރު، ޖަރުމަން ވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ 19.7އަށް އިތުރުވެފައެވެ.

މީގެ އިތުރުން، ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގެރޭސިވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވެސް ވަނީ 12.6އަށް އިތުރުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...