އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާގެ ވެރިޔާ އަވަހާރަވެއްޖެ

އދ.ގެ އެޓޮމިކް ހަކަތައާބެހޭ އިދާރާގެ އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީގެ ވެރިޔާ ޔުކިޔާ އަމާނޯ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.

އދ.ގެ އެޓޮމިކް ހަކަތައާބެހޭ އިދާރާގެ އިންޓަރނޭޝަނަލް އެޓޮމިކް އެނަޖީ އޭޖެންސީގެ ވެރިޔާގެ މަގާމާއި 2009 ވަނަ އަހަރު ހަވާލުވި ޔުކިޔާ އަމާނޯ އަވަހާރަވެފައި ވަނީ އުމުރުފުޅުން 72 އަހަރުގައެވެ.

އަމާނޯ ވަނީ ބަލި ހާލަތު ހުރިގޮތުން އަންނަ އަހަރުގެ މާޗް މަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަން ކުރިން އިއުލާން ކުރައްވާފައެވެ. ޖަޕާނަށް އުފަން ޔުކިޔާ އަމާނޯ އައި.އޭ.އީ.އޭ އާއި ގުޅިވަޑައިގަތީ 2005 ވަނަ އަހަރުއެވެ.

އަމާނޯ އަވަހަރަވުމާއި ގުޅިގެން އައި.އޭ.އީ.އޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަމާނޯގެ މޭސްތިރި ކަމުގައި އެއިދާރައިން ގިނަގުނަ ކާމިޔާބީ ތަކެއް ހާސިލުކޮށްފައި ކަމަށާއި އަމާނޯއަކީ ނިއުކްލިއާ ކަންތަތަކުގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ފުންނާބު އުސް ބޭފުޅެއްގެ ކަމަށް ވިދާޅުވެފައެވެ.

އަމާނޯ އަވަހާރަ ވުމާއި ގުޅިގެން ގިނަ ލީޑަރުން ދަނީ އެ ބޭފުޅާގެ ކުޅަދާނަ ކަމާއި ގާބިލްކަމަށް ތައުރީފްކޮށް ތައުޒިޔާ ކިޔަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...