ރައީސް ޔާމީންއާ ދެކޮޅަށް ހުށަހެޅި ދެ ހެއްކެއް ކޯޓުން ބޭރުންކޮށްލައިފި

-ކުރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެއްކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މިއަދު ކޯޓުގައި ކުރިއަށްގެންދިޔަ އިބްތިދާއީ އަޑުއެހުމުގެ ތެރެއިން ދައުލަތުން ހުށަހެޅި މި ދެ ހެކިންނަކީ އިތުރު ދެހެއްކެތްގެ ނަން ހުށަޙަޅަން ނިންމާ ރައީސް ޔާމީންއާ ދެކޮޅަށް ހުށަހެޅި ދެ ހެކީންނެވެ.

މި ދެ ހެކިންނަނީ މުހައްމަދު އައްލާމް ލަތީފް އާއި އިޝްފާހް އަލީއެވެ. ދައުލަތުން ވިދާޅުވީ، މުހައްމަދު އައްލާމް ލަތީފްގެ ނަން ހުށަހެޅީ ރައީސް ޔާމީން ވިދާޅުވެގެން ފައިސާ ޖަމާކުރި ކަން ސާބިތުކުރަން ކަމަށެވެ.

އަދި ދެވަނަ ހެއްކެއްގެ ގޮތުގައި ހުށަހެޅި އިޝްފާހް ހުށަހެޅީ ޗެކް ލިބުމުން ޔާމީނަށް ބޭންކްގެ މުވައްޒަފަކު ގުޅިކަން ސާބިތުކުރަންވެގެން ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، މީގެ ކުރިން ވެސް އިތުރު ހެކި ހުށަހަޅާ ކަމަށް ދައުވާ ފޯމްގައި ނެތް ނަމަ ހެކި ކޯޓުން ބަލައެއް ނުގަންނަ ކަމަށެވެ.

އަދި ވަކި ބޭފުޅަކަށް ވާތީ ޖިނާޢީ އަދުލްގެ ނިޒާމް ބަދަލު ކުރެވިގެން ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭކަމަށް އާދަމް އަސިފް ވިދާޅުވިއެވެ. އެއަށް ޖަވާބުދެއްވަމުން ދައުލަތުން ވިދާޅުވީ، ކުރިން ހުށަނޭޅީ މިހެކި ލިބިދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.

އަދި މިހެކި ބަލައި ގަތުމަށް ޤާނޫނު ހުރަހެއް ނާޅާ ކަމަށެވެ. މިއީ އެކަށީގެންވާ ވަރަށް ތަހުގީގުކުރެވިފައިވާ މައްސަލައެއް ކަމަށް ބުނާތީ އާއި ހެކި ހުށަހެޅީ ތަހުގީގުގެ ފަހުން ކަމަށް ވާތީ، އަލަށް ހުށަހެޅި ދެ ހެކިން ކަމުގައިވާ އައްލާމް ލަތީފް އާއި އިޝްފާހް އަލީ ބަލައިނުގަންނަން ޝަރީއަތުން ވަނީ ނިންމާފައެވެ.

އައްލާމު އާ އިޝްފާހުއަކީ ވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާ ގުޅިގެން އެ ދެމީހުން ހޯދަން އިންޓަ ޕޯލު ރެޑް ނޯޓިސް ނެރެފައިވާ ދެމީހުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އިތުރުންވެސް ބައެއް އިތުރު ބައެއް ހެކިން ހިމެނެއެވެ.

ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި،ރައީސް ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެއެވެ. އަދި ރައީސް ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...