ހުޅުމާލޭގެ ބައެއް ތަންތަނުގައި ވިޔަފާރި ފެށުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި

ރެނާޓަސްއާއި ސެންތްރޯ މޯލް ހިމެނެހޭހެން ހުޅުމާލޭގެ ބައެއް ތަންތަނުގައި ވިޔަފާރި ފެށުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

ރެނާޓަސްއާއި ސެންތްރޯ މޯލް ހިމެނެހޭހެން ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ 6 ތަނެއްގައި ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން "ސެންތްރޯ މޯލް" އިން 2 ތަން، "ރެނާޓަސް އިތާމުތް" އިން 1 ތަން، ކޮމާޝަލް ބްލޮކުން "އީ" އިން އެއް ތަން، ވެޔަހައުސް ޝެލް-1 އިން 2 ތަން ވަނީ ވިޔަފާރިކުރުމަށް ހުޅުވާލާފައެވެ.

އަދި އެ ތަންތަނުގައި ހެދުން ފަދަ ތަކެތި ވިއްކާ ފިހާރަ ހިންގުމާއި ނުވަތަ އެހެން ބާވަތެއްގެ މުދާ ވިއްކާ ފިހާރައެއް ނުވަތަ އޮފީހެއް ހިންގޭނެކަމަށް އެޗްޑީސީންވަނީ ހާމަކުރައްވާފައެވެ.

އެޗްޑީސީން ބުނީ "ސެންތްރޯ މޯލް"އިން ކުއްޔަށް ދޫކުރާ ތަނާއި ވެޔަހައުސް ޝެލް-1 އަދި ގަރާޖް ޔުނިޓުން ކުއްޔަށްދޭން ހަމަޖެފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަކަށްކަމަށެވެ.

އެޗްޑީސީން ނެރެފައިވާ ޢިއުލާންގައި ދެން ހިމެނޭ ހުރިހާ ތަނެއްވެސް ކުއްޔަށްދޭން ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިތަންތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...