ގިނަ އަދަދެއްގެ ފައިސާ ހުރުމަކީ ދައުލަތުގެ ޚަޒާނާއިން ކުރި ވައްކަމެއް ކަމަށް ސާބިތު ކުރެވޭނޭ ކަމެއް ނޫން: ޔާމީން

- ރައީސް ޔާމީން -

ސަރުކާރުގައި އިސްމަގާމެއް ފުރުއްވި ބޭފުޅެއްގެ ހައިސިއްޔަތުން އަމިއްލަފުޅު އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ހުރުމަކީ ދައުލަތުގެ ޚަޒާނާއިން ކުރި ވައްކަމެއްކަމަށް ސާބިތު ކުރެވޭނޭ ކަމެއްނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ދަ ޕްރެސް ނޫހަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާގެ ތަފްސީލު ހާމަ ކުރައްވަމުން ވިދާޅުވީ އެ މަނިކުފާނަކީ 1993 ވަނަ އަހަރު، އަދި އޭގެ ކުރިންވެސް އަމިއްލަ ގެދޮރު ކުއްޔަށް ދޫކުރައްވައިގެން ފައިސާ ލިބިވަޑައިގެންނަވާ ބޭފުޅެއް ކަމަށާއި، އަނބިކަނބަލުންނަކީ ވެސް ތަނަވަސް އާއިލާއަކަށް ނިސްބަތްވެވަޑައިަގންނަވާ ކަނބަލެއް ކަމަށެވެ.

އަދި އަމިއްލަފުޅު އެކައުންޓުގައި ފައިސާ ހުރެގެން މައްސަލައެއް ކަމަށް ވެގެން ނުވާނެ ކަމަށާއި އަދި އެއީ މައްސަލައެއް ކަމުގައި ވާނަމަ ތަހުގީގީ އިދާރާ އަކަށް ގެންގޮސް އެކަން ސާފު ނުކުރައްވަނީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

އަމިއްލަފުޅު އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރެގެން، އޭގެ ތެރެއިން ގާތްގަނޑަކަށް 45 ޕަސެންޓް ފައިސާއަކީ އެމަނިކުފާނުގެ އާމްދަނީ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ 1993 އިން ފެށިގެން އެމަނިކުފާނު އާމްދަނީ އެއްކުރައްވަމުން ގެންދެވި ކަމަށާ، ދެން ހުރި ފައިސާ އަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ތެރެއިން ލިބިވަޑައިގެންނެވި ކެމްޕޭން ފައިސާގެ ތެރެއިން ބަހައްޓަވާފައި ހުރި ފައިސާ ކަމަށެވެ.

މި ފައިސާތަކާއި ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާ ބޭފުޅުން އެމަނިކުފާނު ކުރެން އަދި ތަހުގީގު އިދާރާއަކުން ގޮސް ކުރެވޭނެ ސުވާލެއް ވިއްޔާ ސާފުކުރައްވަން ވީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި މީހެއްގެ އަތުގައި ފައިސާ ހުރެގެން ސުވާލު ކުރެވޭ ކަމުގައިވަނީ ނަމަ އެ ސުވާލު ކުރަންވީ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...