ޕީޕީއެމްގެ ރެޖިސްޓްރާގެ މަގާމަށް ލަމްޢާން ހަމަޖައްސައިފި

- ފެނަ ކުންފުނީގެ ކުރީގެ އެމްޑީ މުހައްމަދު ލަމްޢާން -

ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމަށް ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ލަމްޢާން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮަށް ޕީޕީއެމުން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރަޖިސްޓްރާގެ މަގާމަށް މުހައްމަދު ލަމްޢާން ހަމަޖައްސެވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ނިންމެވުމުން ކަމަށެވެ.

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރެޖިސްޓްރާ ކަމުގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ހަމަޖައްސެވުމާއި ގުޅިގެން ޗެނަލް ތާރޓީންއަށް މައުލޫމާތު ހިއްސާ ކުރައްވަމުން ލަމްޢާން ވިދާޅުވީ އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގައި ދެމި ހުންނާނީ ވަރަށް އިޚްލާސްތެރިކަމާ އެކުގައި ކަމަށެވެ.

އަދި މަސައްކަތް ކުރައްވާނީ ޕާޓީއަަށް މެމްބަރުން އިތުރުކުރުމަށް ކަމަށް ލަމްޢާން ވިދާޅުވިއެވެ. އެގޮތުން ވަރަށް އަވަސް މުސްތަގުބަލެއްގައި އެ މަަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފަށާނެ ކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ.

އަދި ޕީޕީއެމް އަކީ މުސްތަގުބަލު ވަރަށް އުޖާލާ ޕާޓީއެއްގެ ގޮތުގައި ގިނަ ރައްޔިތުން މިއަދުވެސް ދެކޭ ކަމަށާއި އެ ހަގީގަތް އެގޮތުގައި ދެމެހެއްޓުމަށް ކުރެވެން ހުރިހުރިހާ މަަސައްކަތްތަކެއްވެސް ކުރައްވާނެ ކަމަށް ލަމްޢާން ވިދާޅުވިއެވެ. ލަމްޢާން ވަނީ މީގެ ކުރިން ރެޑިއެންޓް ހީޓް ވޯޓަރސް އަދި މިފްކޯގެ ޕްރޮކިއުމަންޓް ހެޑްގެ އިތުރުން ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަންވެސް ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...