ރައީސް ޔާމިންގެ ޒަޢާމަތުގައި، ފެނަކައިގެ ޚިދުމަތަށް ނަޒަރެއް

މިއަދު ރާއްޖޭގެ އަތޮޅުތަކަށް ފެނަކައިން ދެމުން ގެންދާ ޚިދުމަތްތައް މެދު ކެނޑެމުންދާތީ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޔާމީން ކަމަށް އެ ކުންފުނިން ވިދާޅުވަމުން ގެންދަވާއިރު، ރައީސް ޔާމިން ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި އިހުމާލުވެފައި އޮތް އެ ކުންފުނި ނަންގަވާ ކޮޅަށް ޖައްސަވާ ދެއްވާފައެވެ. މިއީ ތޯ ތޯ ވާހަކައެއް ނޫނެވެ. މިއީ ހެއްކާ ޤަރީނާ ފެންނަން ހުރި ކަމެކެވެ.

އިރުއޮއްސި ހައެއް ޖެހުމާއެކު ފުޅި ބައްތި ދިއްލައިގެން ކާބަފައި އުޅުނު ވާހަކަ އަކީ ވަރަށް ކުޑަ އިރުއްސުރެ އިވޭ އަޑެކެވެ. ނަމަވެސް ހަނދާން ހުންނަން ފެށީއްސުރެވެސް ދިރިއުޅެމުން އައީ މާލެގައި ކަމުން ކަރަންޓުގެ ޚިދުމަތް އަބަދުވެސް ލިބެއެވެ. އެހެންކަމުން ކަރަންޓު ނެތި ދިރިއުޅުން ބައްޓަން ކުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާސު ނުކުރެވެއެވެ.

ނަމަވެސް އަތޮޅު ތެރެއަށް ކުރި ދަތުރެއްގައި އެ ރައްޔިތުން ދިރިއުޅުން ކަރަންޓާ ނުލާ ބައްޓަން ކުރާގޮތް ފެނި ހަމަ ހައިރާން ވިއެވެ. އެ ރައްޔިތުންނަށް ކަރަންޓް ލިބެނީ ދުވާލުގެ ވަގުތުތަކުގައެވެ. އަދި އެވެސް މަދު ވަގުތު ކޮޅަކަށެވެ. އިރު އޮއްސުމާ އެކު ގޭގައި ފުޅި ބައްތިތައް ދިއްލަން ފަށައެވެ. ހޫނު ވެގެން ކުޑަކުދިން ރޮއި ނަގާ އަޑު މިހާރުވެސް އެއް އަޑަކަށް ކަންފަތުގެ ތޫރީގައި ހަރުލާފައި ހުރި ކަހަލައެވެ.

ކަންމިހެން އޮއްވާ ރާއްޖޭގެ ވެރިކަމަށް އެތައް ރައީސްއަކު ވަޑައިގެން ވެރިކަން ކުރެއްވުމަށްފަހު ވަޑައިގެނެވިއެވެ. ދިގު ރަން ތިރީސް އަހަރަކާ ކުރު ދެ އަހަރާ ބަޔަކެވެ. އެހެން ނަމަވެސް ދެން ފެނިގެން ދިޔައީ ތަފާތު ވެރިއަކު ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި މަންޒަރެވެ. އާދެ މއ.ކާމިނީގެ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދިވެހި ޖުމްހޫރިއްޔަތާ ހަވާލު ވެވަޑައިގެންނެވުމާ އެކު ފަނޑުވެފައިވާ މުޅި ޤައުމު އުޖާލާ އަލިތަކަކުން ދިއްލާލައިފިއެވެ.

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މާލެ އެކޭ އަތޮޅު ތެރޭގެ ރަށްތަކެކޭ ތަފާތު ކުރެއްވުމެއް ނެތި ޚިދުމަތް ދެއްވަން ފެއްޓެވިއެވެ. އޭގެ ކުރީ ސަރުކާރުތަކުގައި ބާކީ ކޮށްފައި ތިބި އަތޮޅުތަކުގައި ދިރިއުޅެމުން އައި ރައްޔިތުންގެ ލޯބި އެމަނިކުފާނަށް ލިބުނު ސަބަބަކީ އެއީ ކަމަށްވެސް ވެދާނެއެވެ. އެގޮތުން ފާއިތުވި 5 އަހަރަކީ ފެނަކަ ކޯޕަރޭޝަންގެ ހަޔާތުގައި ވަރަށް ގިނަ ޕްރޮޖެކްޓް ތަކެއް ކުރިއަށްގެންދިޔަ އަހަރުތަކެކެވެ.

އަދި ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންވިއިރު 20 އަށް ވުރެން ގިނަ ޕްރޮޖެކްޓް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދިޔަ.އެވެ އޭރު ފެނަކަ ކޯޕަރޭޝަނަކީ 100 އަށްވުރެ ގިނަ ރަށުގައި 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދެމުންދާ، އަދި ގިނަ ރަށްތަކެއްގައި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ދެމުންދާ 100 އިންސައްތަ ސަރުކާރު ހިއްސާވާ އަދި ފާއިދާ ނެރޭ ކުންފުންޏެކެވެ. ކުންފުނި ނަގާ ކޮއްޅަށް ޖައްސަވާދެއްވީ ރައީސް ޔާމީނެވެ.

ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ކަރަންޓާ ސާފު ބޯފެނާ ނަރުދަމާގެ ޚިދުމަތްތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ ހައްގެއްގެ ގޮތުގައި ކަނޑައެޅި ބަޔާންވެފައިވާއިރު އެކަންކަން ފަހި ކޮށްދިނުމަށްޓަކައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އުފެދިގެން އައި އެ ކުންފުނީގެ މަސައްކަތް ހުއްޓުމަކަށްއައިސްފާވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑއިގެންނެވުމަށްފަހު ހުއްޓިފައި ހުރި ފެނަކައިގެ ބްރާންޗްތަކުގެ މަސައްކަތްތައް އަލުން ފެއްޓެވިއެވެ.

ހަރުދަނާ އެކި އެކި ޕްލޭންތަކާއެކު ފެނަކައިގެ މަސައްކަތް ރައީސް ޔާމިންގެ ސަރުކާރުގައި ފެށިގެން ކުރިއަށް ދިޔައިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަވެގެންދިޔައީ ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދެއްވުމަށްޓަކައި ފެނަކައިގެ ޓީމުން ކުރި ބުރަ މަސައްކަތްތަކެވެ. ރެއާއި ދުވާލު މަސައްކަތްކޮށްގެން ސައިވީސް ގަޑިއިރުގެ ކަރަންޓް ޔަގީން ކުރުމަށްޓަކައި މުޅި ފެނަކައިގެ އެ ޓީމް މަސައްކަތްކުރީ ރައީސް ޔާމިންގެ އަމާޒަކީ މުޅި ދިވެހި ރާޢްޖޭގެ ރައްޔިތުން އަލި ކަމުގެ ތެރޭގައި ދިރިއުޅުމުގެ ކަންތައްތައް ބައްޓަން ކުރުމަށެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑއިގެންނެވުމުގެ ،ކުރިން ރައްޔިތުންނަށް ކަރަންޓް ލިބެމުން ދިޔައީ 8 ގަޑިއިރުއަށާއި 12 ގަޑިއިރަށެވެ. ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދެއްވުމަށްވެސް ގިނަގުނަ މަސައްކަތްތަކެއް ކުރީ ސަރުކާރުން ކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރު އައިއިރު 2 މެގަވޯޓްގެ އިޔާދަކުރަނިވި ހަކަތަ ލިބެމުން ދިޔައިރު، އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު އެ އަދަދު 14 މެގަވޯޓަށް އަރާފައިވެއެވެ.

އެމަނިކުފާނުގެ ދުރުވިސްނޭ މި އަމާޒާ ހަމައަށް ވާޞިލްވެވަޑައިގެންނެވި އިރު، މާލެ އާ އަތޮޅުތެރޭގެ ރަށްތަކަށް އެއް އަގެއްގައި ކަރަންޓާ ފެނުގެ ޚިދުމަތް ފޯރުކޮށްދެއްވަން ފެއްޓެވި ފުރަތަމަ ރައީސް އަކީވެސް ރައީސް ޔާމިންކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން 1 މާޗު 2018 އިން ފެށިގެން އެމަނިކުފާނުގެ ސަރުކާރުން ވަނީ ފެނާ ކަރަންޓްގެ އަގު މާލެއާ އަތޮލޫތެރޭގައި އެއ އަގެއްގައި ކަނޑައަޅާފައެވެ.

ފެނާ ނަރުދަމާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަނީ ފޯރުކޮށްދެއްވާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނަރުދަމާގެ ޚިދުމަތް ފައްޓަވާ ނިންމާވާދެއްވިއިރު ފާހަގަކޮށްލަން ޖެހެނީ މި ސަރުކާރު އައި އިރު ނަރުދާމާ އޮތީ އެންމެ 31 ރަށުގައި ކަމަށާއި ނަމަވެސް މިއަދު 83 ރަށުގައި ވަނީ ނަރުދަމާ ޤާއިމްކޮށްދެއްވާފައިވާ ކަމެވެ. ރައީސް ޔާމިންގެ ސަރުކާރުގައި 24 ރަށެއްގައި ސާފު ބޯފެން ލިބޭނެ ނިޒާމު ޤާއިމްވެ އަދި 86 ރަށެއްގައި ސާފު ބޯފެން ރައްކާކުރާނެ ވަޞީލަތްތައް ޤާއިމްކޮށްދެއްވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފެނަކައިގައި އަޅާފައިވާ ބިންގަލަކީ އެ ކުންފުނީގެ ކުރިއެރުމަށާ، ދޭ ޚިދުމަތްތަކުގައި އެންމެ ފުރިހަމައަށް އެކަން ކުރެވޭނެ މަގެވެ. އަދި ފާއިތުވި 5 އަހަރުގައި ކުންފުންޏަށް ބޮޑެތި ކުރިއެރުން ލިބިފައި ވާކަން ފާހަގަކޮށްލެވެއެވެ. ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނާއި ހަމައަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި އެންމެ އެކަށޭނަ ގޮތެއްގައި ވަނީ ފޯރުކޮށްދެއްވާފައެވެ.

ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރު ހާސްބައި ތަފާތެވެ. ރައްޔިތުންނަށް ކަމެއްކޮށް ދެއްވާނެ ފަދަ ދުރު ރާސްތާ އެއްވެސް ޕްލޭނެއް ނެތި ޅ.ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހެވާ ލާބަޔަށް ކަމެއްކޮށް ނުދެއްވޭ ތަނުގައި ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވި ކަންތައްތަކުން އެ ރައްޔިތުން މަހްރޫމުކުރުމަށް ކަމަށް ގިނަ ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ.

އަދި މިކަންކަމުގެ ހެކި ފެންނަން އެބަހުރި ކަމަށާ އެގޮތުން ބަލާއިރު، ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ޔަގީންކޮށް ދެއްވި 24 ގަޑިއިރު ޔަގީން ކަރަންޓުގެ ޚިދުމަތުންވެސް މިއަދު ގިނަ ރައްޔިތުންތަކެއް މަހްރޫމުވެފައި ތިބިކަން ގިނަބަޔަކު ފާހަގަކުރޭ. މާލެ އެކޭ ހުޅުމާލެ އެކޭ އަތޮޅުތެރެއެކޭ ތަފާތެއް ނެތެވެ. ކަރަންޓުގެ ޚިދުމަތް މެނދު ނުކެނޑޭހާ ގިނައިން މިހާރު ކަރަންޓު ޞޯލިހުވާ ކަމަށް ގިނަ ރައްޔިތުން ބުނަމުން ގެންދެއެވެ.

ގިނަ ރަށްރަށުގެ އިންޖީނުތައް ހަލާކުވެ ރައްޔިތުން އެމީހުންގެ ތުއްތު ކުދީން ފަތް ޖެހި އެނދުތަކުގައާ ގޮދަނޑިތަކުގައި ބޭރު މަގުމަތީ ނިދި މަންޒަރު ފެންނަ ފޮޓޯތައް މީސް މީޑިޔާގައި ދައުރުވަމުން އަންނަ މަންޒަރުތައް ފެނުމުން ހިތައް އެރީ އެންމެ ވާހަކައެވެ. އެމްޑީޕީ ސަރުކާރުގައި އޮންނާނީ ޖަޒީރާ ވަންތަކަމެވެ. އެހެންކަމުން ޖަޒީރާ ރާއްޖޭގައި ދިވެހިންގެ ހާލަތަކީ މިއީއެވެ.

ނަމަވެސް އަދިވެސް މި ސަރުކާރުން ބުނަމުން ގެންދަނީ މިއަދު ހިނގަމުން މިދާ ކަންކަމުގެ ޒިންމާ ވެސް ނަންނަގަވަން ޖެހިވަޑައިގަންނަވާނީ ނިމި ދިޔަ ދެ ދައުރުގެ ރައީސުން ކަމުގައިވާ ރައީސް ޔާމީން އާ ރައީސް ވަހީދު ކަމަށެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި އެ ދެ ރައީސުން ބަދުނާމުކޮށް ބުނެފައިވަނީ މީގެ ކުރިން ފެނަކައިގެ ވެރިންގެ ގޮތުގައި ތިއްބެވި ފަރާތަތަކުން މިހާރު ފެނަކައިގެ މުވައްޒަފުންގެ އަބުރާއި ކަރާމާތް ގެއްލުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އޭރު ފެނަކައިން ރަށްތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށް އޮތީ ނުކުޅެދިފައި ކަމަށާ، އެކަންކަން އެގޮތަށް ހިނގާފައި ވަނީ އޭރުގެ ވެރިންގެ ޒިންމާދާރުކަން ކުޑަކަމުންނާއި، ކުންފުނި ހިންގުމުގައި ކޮރަޕްޝަނުގެ މުއާމަލާތްތަކެއް ކޮށްގެން ކަމަށް ފެނަކައިން ބުނެއެވެ. އަދި އެފަދަ އަމަލުތައް ހޯދައި އެކަމަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 2012 ވަނަ އަހަރުން ފެށިގެން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަމަޔަށް ފެނަކައިގެ އިސްވެރިން ފެނަކަ ހިންގަވާފައި ވަނީ "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ހިތުހުރި ގޮތަކަކަށް ކަމަށް ފެނަކައިން ވަނީ ތުހުމަތު ކޮށްފައެވެ.

ކޮންމެ އަކަސް ސައްބުބޭބެގެ ހުނިގޮނޑި ފަދައިން ކަން ކުރެއްވި ކަމަށް ބަޔަކު ތުހުމަތު ކުރަމުން އަންނަ ރައީސް ޔާމީން، ނުހަނު ލޯތްބާ އޯގާތެރިކަމާއެކު ރައްޔިތުންނަށް ޔަގީންކޮށްދެއްވި 24 ގަޑިއިރުގެ ކަރަންޓުވެސް ރޯނު އެދުރެއްގެ ވެރިކަމުގައި ކިނބުލެއް ދިރުވާލައިފިއެވެ.

އަދި ޤައުމެއް ހިންގަން މުރަނގަ ގަސްދޮށު މާލީމީ އަކު ހުރީމާ ދެންވާ ގޮތްވެސް މިހާރު މިދަނީ ފެންނަމުނެވެ. އަދި ރައީސް ޞޯލިހު ގެންދަވަނީ ކަނދި ކަމަނާ މަސް ތެލުލަމުންނެވެ. އެއީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގެ އެކި އެކި މަޝްރޫއުތަކުގެ ރިބަން ކަނޑުއްވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...