އަޅުގަނޑަކީ އެމްޑީޕީ މީހެއް ނޫން، ޕީޕީއެމް ފިކުރުގެ މީހެއް: ޑރ.ޖަމީލް

އެމްޑީޕީގެ ފިކުރަށް ތާއިދު ނުކުރައްވާ ކަމަށާއި އަބަދުވެސް ފިކުރު ހުންނަނީ ޕީޕީއެމްގެ ސިޔާސަތުތަކާއި އެއްގޮތައް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަމީލް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީ ފިކުރުގެ މީހެއް ނޫންކަން އެބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ޑރ.ޖަމީލް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އިސްލާހީ މަސައްކަތުގެ ތެރެއިން ކަމަށެެވެ. އަދި އެ މަނިކުފާނު ނިސްބަތްވެ ލައްވަނީ ޕީޕީއެމް ފިކުރަށް ކަމަށާއި އެ ފިކުރުގެ ތެރޭގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީ ވެސް ހިމެނޭ ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ހަރުދަނާ ގޮތެއްގައި ހިންގާ ސިޔާސީ ޕާޓީތަކެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ވަކި މީހަކަށް މަސައްކަތްކުރަން ޕީޕީއެމް އަށް ނުދާނެ ކަމަށާއި މަސައްކަތްކުރައްވާނީ ގަބޫލުކުރާ ފިކުރަށް ކަމަށް ވިދާޅުވިއެވެ.

ކުރީގެ ނައިބް ރައީސް ޑރ.ޖަމީލާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...