ޕަސްކުއަލްއަށް ފަންސާސް އަހަރު ފުރުން ރާއްޖޭގައި ފާހަގަކޮށްފި

އިޓަލީގެ މަޝްހޫރު ބުރޭޑެއްކަމަށްވާ ޕަސްކުއަލް ޔޯގަޓަށް 50 އަހަރު ފުރުން ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ޕަސްކުއަލްއަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސޯލްޓް ކެފޭގައި ސޯސަން ފިހާރައިން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަޙުމަދުއެވެ.

މި ރަސްމިއްޔާތުގައި ޑރ ޖަމީލް ވިދާޅުވީ ރާއްޖެއަށް ޕަސްކުއަލް ޔޯގަޓް އެތެރެކުރަން ފެށިފަހުން އެ ޔޯގަޓް ގެ މަގުބޫލުކަން ރާއްޖޭގައި އިތުރުވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން ނިމިގެންދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެއަށް މި ބްރޭންޑު ތައާރަފްވި ފަހުން ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކޮށްލެވޭ ކަމަށް ވެސް ޑރ.ޖަމީލު ވަނީ ވިދާޅުވެފައެވެ.

އަދި ޚާއްސަގޮތެއްގައި ރާއްޖޭގެ ކުޑަކުދިންގެ މެދުގައި މަގުބޫލު ބުރޭންޑަކަށް ޕަސްކުއަލް ވެފައިވާކަމަށް ވެސް ޑރ.ޖަމީލުވަނީ ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެ މިއަދު މިދެކޭ ހިސާބަށް ދަތުރު ނުކުރަނީސް ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ އެކިއެކި ގައުމުތަކުގެ ބޮޑެތި ބުރޭންޑުތައް ގެންނަން ފެށީ ސޯސަން ފިހާރައިން ކުރެއްވި މަސައްކަތުގެ ތެރޭއިން ކަން ޑރ.ޖަމީލު ފާހަގަކުރެއްވިއެވެ.

އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކޮލިޓީ ހައި މުދާ ލިބުމަށް މަގުތައް ފަހިވެގެން ދިޔަކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ޖަމީލް އިތުރަށް ވިދާޅުވީ ޕަސްކާލް ޔޯގަޓް ރާއްޖޭގައި މިހާ މަގުބޫލުވެގެން މިދަނީ މި އުފެއްދުމުގެ ފެންވަރު ރަގަޅުވުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަދި ކުންފުނީގެ ފަރާތުން މި އުފެއްދުން އެންމެ ހައި ކޮލެޓީގައި ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށްލަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ. ޕަސްކުއަލް ޔޯގަޓަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯސަން ފިހާރައިން ބޭއްވި ހާއްސަ ހަފްލާގައި ވަނީ ޕަސްކުއަލް ޔޯގަޓް ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކަށް އެބޭފުޅުންގެ އަގު ވަޒަންކޮށް ހަދާނީ ލިޔުން ވަނީ ދީފައެވެ.

ޔޯގަޓްގެ ބުރޭންޑުތަކުގެ ތެރެއިން ދުނިޔޭގެ އެތައް ގައުމެއްގައި މަގުބޫލްކަން ހޯދާފައިވާ ޕަސްކުއަލް ފުރަތަމަ ރާއްޖެއަށް އެތެރެ ކުރަންފެށީ 2011 ވަނަ އަހަރުއެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...