ތުޅާދޫ ސްކޫލް ތެރެއަށް ހޭނެތިގެން ވެއްޓޭ ކުދިންނަށް ކައުންސިލިން ދޭން ފަށައިފި

ބ.ތުޅާދޫ ސްކޫލުގެ ދަރިވަރުންގެ ތެރެއިން ހޭނެތިގެން ސްކޫލްގެ ތެރެއަށް ވެއްޓޭ ކުދިންނަށް ކައުންސިލިން ދޭން ފަށައިފިއެވެ.

ތުޅާދޫ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންތަކެއްގެ ހަށިގަނޑަށް ބާރުގަނޑެއް އަރައި ސްކޫލު ތެރެއަށް  ހޭނެތިގެން ވެއްޓޭތީ، ބެލެނިވެރިންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ރަށުގެ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ދަރިވަރުންނަށް މިފަދަ ގޮތްތަކެއް ވަނީ ޖިންނީންގެ ސަބަބުންނެވެ.

މިކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ވަނީ އެ ރަށަށް ގޮސްފައެވެ. އެޓީމުން ބުނެފައި ވަނީ އެކަން ދިމާވަނީ ތިން ކުއްޖަކަށް ކަމަށާއި އެކުދިން ގޭގައި ބައިތިއްބައިގެން ކައުންސިލިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް މިފަދަ މައްސަލަތަކެއް ދިމާވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އެރަށު މީހުން ބުނެއެވެ.

މީގެ ކުރިން ވެސް މި މައްސަލަ ބޮޑުވެގެން އެ ސްކޫލްގެ ގޯތި ތެރޭގައި ހުރި ގަހެއް ވެސް ވަނީ ކަނޑާލާފައެވެ. ނަމަވެސް މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ.

މިމައްސަލަ ދިމާވި ބައެއް ކުދިންނަށް މީގެ ކުރިން ވެސް ވަނީ ކައުންސިލިން ދީފައެވެ. ނަމަވެސް އެކުދިން ވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށް އެރަށު މީހުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...