ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ސީރީސް ރާއްޖޭގައި ފަށައިފި

ދިރާގާއި އެމްއެމްއޭ އަދި ސްޕާކްހަބުން ދުނިޔޭގެ އެންމެ ބޮޑު ހެކެތޯން ސީރީސް ރާއްޖޭގައި ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އޭންޖަލްހެކް 2019 އަކީ ބައިނަލްއަގްވާމީ ހެކަތޯން އެކެވެ. ހެކަތޯން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން ޑިޖިޓަލް ދިވެހިރާއްޖެ އަކަށް، ރާއްޖެ ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ޒުވާން ވިޔަފާރިތަކަށް އިސްކަން ދޭނެ ކަމަށެވެ.

މި ހެކަތޯންގައި ކޯޑު ކުރުމާއި، ޕިޗް ވޯކްޝޮޕްތަކާއި، އެ ނޫންވެސް ތަފާތު ވޯކްޝޮޕްތަކުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް ފަރުމާކުރުން ވެސް އޮންނާނެއެވެ. މި އަހަރު އެންޖަލްހެކް އިން މަސައްކަތްކުރަމުން ދަނީ 4 މަސް ދުވަހުގެ ތެރޭގައި ތިންސަތޭކަ ހެކަތޮންސް ބައިވެރިކުރުމަށެވެ.

ދިރާގުން ބުނީ އޭންޖަލްހެކްގައި ބައިވެރިވިގެން އެއްވަނައަށްދާ ފަރާތަކަށް އޭންޖަލްހެކްގެ ގްލޯބަލް ވާޗުއަލް ޕްރީ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމުގައިވާ "ހެކްސެލެރޭޓާ" ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ބާރަ ހަފްތާގެ މުއްދަތަށް ކުރިއަށްދާ "ހެކްސެލެރޭޓާ"ގެ ބައިވެރިންނަށް ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ނާރެސް، އެމެރިކާގެ ސެން ފްރެންސިސްކޯގެ ސިލިކޮން ވެލީން ބައިނަލްއަގުވާމީ މެންޓަރުންގެ އެހީ ލިބި، އެ ފަރާތްތަކުގެ ޕްރޮޖެކްޓުތަކާއި އައިޑިއާތައް ރަނގަޅު ފެންވަރުގެ ސްޓާޓް އަޕް ތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ދިރާގުންވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ހެކަތޯންގައި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވަފއިވެއެވެ. މިއީ މި ހެކަތޯން ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...