ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ތަށި ސިމޯނާ އުފުލާލައިފި

ސެރީނާ ވިލިއަމްސް ބަލިކޮށް ވިމްބަލްޑަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ތަށި ސިމޯނާ ހެލެޕް ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗް ސިމޯނާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ސެރީނާ ވިލިއަމްސްގެ މައްޗަށް ކުރި ހޯދި މެޗުގެ ދެ ސެޓްވެސް ސިމޯނާ ގެންދިޔައީ 2-6 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ އަންހެން ބައިގެ ތަށި އުފުލާލުމަށްފަހު ސިމޯނާ ބުނީ ކާމިޔާބީ ލިބުނީ ތަޖުރިބާކާރު ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ދެކެ ޖެހިލުންނުވެ އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެން ކުޅުމުގެ ސަބަބުން ކަމަށެވެ.

މިއީ އުމުރުން 27 އަހަރުގެ ސިމޯނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމްގެ ދެވަނަ މުބާރާތެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ބޭއްވި ފްރެންޗް އޯޕަންގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެ މުބާރާތް އޭނާ ކާމިޔާބުކުރީ ގްރޭންޑް ސްލޭމް ތިން ސެމީން ބަލިވުމަށްފަހުއެވެ.

މެޗުން ބަލިވި ސެރީނާ ބުނީ، ސިމޯނާ ކުޅެފައިވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އޭނާގެ ފަރާތުން ފެނުނު ކުޅުމުން ހައިރާންވެފައި ހުރި ކަމަށެވެ.

މިއީ އުމުރުން 37 އަހަރުގެ ސެރީނާ މި އަހަރު ތެރޭގައި ބަލިވި ތިންވަނަ ބޮޑު ފައިނަލެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...