ވިއްސާރައިގެ ސަބަބުން އިންޑިއާގެ މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ

އިންޑިއާގެ އުތުރަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެންނާއި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން ދިހަ މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ އުތުރުގެ ސަރަހައްދުތަކަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދިވެސް އެސަރަހައްދުގެ ހާލަތު ގޯސް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާގެ އައްސާމް ސްޓޭޓާ ހަވަލާ ދެއްވާ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވަނީ ފާއިތުވި 72 ގަޑިއިރުގެ ތެރޭ ކުރި ވިއްސާރައިގެ ސަބަބުން ހިނގި ތަފާތު ހާދިސާތަކުގައި އަރްނާޗީ ސްޓޭޓްގެ 10 މީހަކު މަރުވެފައިވާ ކަމަށާއި އެކި އަވަށްތަކުން މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

މީގެ އިތުރުން އެންމެ ބޮޑަށް ވިއްސާރަ ކުރަމުން އަންނަ ސަރަހައްދުގައި އޮންނަ ބްރަހަމްޕޫޓާ ކޯރު ބަންޑުން ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި އެކޯރު ބަންޑުން ވެއްޖެނަމަ 1800 އަވަށަކަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެގެން ދާނެ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ އުތުރަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާތީ އެގައުމުގެ މައި ސަރުކާރުން ވަނީ އެސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.

އިންޑިއާގެ އިތުރުން އަވައްޓެރި ނޭޕާލަށް ވެސް ދަނީ މިވިއްސާރައިގެ އަސަރު ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...