އާމްދަނީ ދޭން ބުނި ސަރުކާރުން އާމްދަނީ ނުދޭން އުޒުރު ދައްކަވަން ފަށައިފި

އެމްޑީޕީން ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަން ތަފާތު ބެނަރތަކުގައި އެކި އެކި ވާހަކަ ލިޔެ ރަށްރަށުގެ މަގުތައް ފުރާލަމުންނެވެ. ރީދޫކުލައިގެ އެ ބެނަރތަކުގައި ހުރީ ރައްޔިތުންގެ ފަރާތުން އައިއްސަ ހުރި އެކި އެކި ކަންކަން ކަމަށް ސިޔާސީގޮތުން ފުންނާބު އުސް ބޭފުޅުން އޭރުވެސް މިހާރުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޒަމާނުއްސުރެ ދިވެހި މުޖުޠަމައުން ފެންނަ އެއް މަންޒަރަކީ ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހިގެން އުޅޭ ރައްޔިތަކު ޤައުމުގެ އެކި މަންޒިލުތަކުގައި ދިރިއުޅެމުން ދިޔަ މަންޒަރެވެ. އަދި ބައެއް އާއިލާތަކުގައި ކުރާނެ މަސައްކަތެއް ނުލިބިފައި ދެ އަތް އުރާލައިގެން ތިބޭ މެންބަރުންވެސް މަދެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ކާނެ ބޯ ގިނަވެ އާއިލާއަށް ލިބޭ އާމްދަނީއިން އޮންނަނީ ދެކޮޅު ނުޖެހިފައެވެ.

ކަންމިހެން އޮއްވާ ކުރިމަތި ވެގެން އައީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގައި ވާދަކުރި އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞޯލިހުގެ މެނިފެސްޓޯއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ ވަޒީފާ ނެތް ކޮންމެ މީހަކަށް އާމްދަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ފަނަރަ ސަތޭކަ އާ ދެ ހާހާ ދެމެދުގެ އާމްދަނީ އެއް ދެއްވާނެ ކަމުގެ ވައުދެވެ.

ވަރަށް ޝައުޤުވެރިވިއެވެ. އަދި އެ ވައުދު ފުއްދާނެ ބާ އޭ ހިތައް އެރިއެވެ.

ރައީސް ޞޯލިހު ވެރިކަމަށް ވަޑައިގެންވެސް އެ ވާހަކަސުޅު ތަކުރާރުކުރެއްވިއެވެ. ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެރުއްވިއެވެ. ކަމުގައި ހުރި ބޮޑު ކުޑަމިން އޭރު އެނގިވަޑައިނުގަންނަވާތީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް ކަނޑުގައި ހުރި ވަރު އެނގޭނީ އޮޑި ދުއްވަން ފެށިމައޭ ބުނާ އުޞޫލުން ވައުދުތައް ފުއްދުމަށް ފޮތް ހާވާ ބަލާލުމުން ވައުދުތައް ފުއްދުމުގައި ހުރި ބުރަކަން އިހުސާސުވެގެން ދިޔަ ކަން އެމަނިކުފާނު މިފަހަކަށް އައިސް ދައްކަވާ ވާހަކަފުޅުތަކުން އެނގި ހާމަވެގެން އެބަދެއެވެ.

އެގޮތުން މަސައްކަތްނުކުރާ އާބާދީގެ ކޮންމެ މީހަކަށް ދެއްވަން ވިދާޅުވީ އާމްދަނީގެ ވައުދުގައި ވެސް އެމަނިކުފާނުގެ ވާހަކަފުޅުގެ އޮއިވަރު މިހާރު ބަދަލުވާން ފަށައިފިއެވެ. އެމަނިކުފާނު ވިދާޅުވަނީ މަސައްކަތް ނުކުރާ މީހުން އާބާދީގައި ތިބުމަކީ އިޤްތިޞާދަށް ލޮޅުން އަރާކަމެއް ކަމަށެވެ. އެފަދަ މީހުންގެ ސަބަބުން ޤައުމު ކުރިއެރުމަށް ހުރަސް އެޅިގެން ދެއެވެ.

ރައީސް ޞޯލިހު އިތުރަށް ވިދާޅުވެފައިވަނީ މަތީ ތައުލީމާ އެކު މަސައްކަތްތެރިކަމަށް މިއަދުގެ ދަރިވަރުން ހާނަން ޖެހެއެވެ. އެހެން ނޫންކަމުގައިވަނީ ނަމަ ޤައުމުގެ އިޤްތިޞާދު އެފަދަ ޒުވާނުންނާ ހެދި ދަށަށް ގޮސް ޤައުމު އަޑިގަނޑަކަށް ވެއްޓިދާނެއެވެ.

ނަމަވެސް ހަގީގަތަކީ ޤައުމު މިޙާރު ވެއްޓިފައި އޮތް ވަޅުގަޑަށް ވުރެ ބޮޑު ވަޅުގަޑަކަށް ޤައުމު ދެން ނުވެއްޓޭނެ ކަމެވެ. އެއީ އެމްޑިޕީގެ ވެރިކަމުގެ ވަޅުގަނޑެވެ.

ކޮންމެ އަކަސް ތައުލީމާއެކު މަސައްކަތް ދަސްކުރުމުގެ ހުނަރު ރައީސް ޔާމީންގެ ދައުރުގައި ދަރިވަރުންނަށް ތަނަވަސްކޮށްދެއްވިއެވެ. ޒިންމާދާރު މަސައްކަތްތެރި ހުނަރުވެރި ޒުވާނުން އުފެއްދުމަށެވެ. އެކަންވެސް ހުއްޓަލީ މި ސަރުކާރުންނެވެ. ވަޒީފާ ނެތި ތިބި ޒުވާނުންނަށް ހުޅުވާލަދިން ވަޒީފާގެ ފރުޞަތުތައް ބަންދުކުރީ ވެސް މި ސަރުކާރުންނެވެ.

މިހުރިހާ ކަމެއް ގޯހުން ގޯހަށް ދުއްވާލުމަށްފަހު މިއަދު ވަޒީފާނެތް މީހުންނަށް އާމްދަނީ ފޯރުކޮށްދޭން ވި ވައުދު ނުފުއްދުމަށް އުޒުރުދައްކަވަން ފެއްޓެވީއެވެ.

ކުށްވެރިވި ވަޒީފާނެތި ތިބި ޒުވާންނެވެ. ޤައުމުގެ ވަޅު ޖެހުނު އިޤްތިޞާދުގެ ޒިންމާ ނަގަން މިޖެހުނީ އެ ޒުވާނުންނަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އިންސާފު 12 ޖުލައި 2019 - 23:57

    ރައްޔިތުން ބޯންއުޅުނު ބޮނޑި ކިތަންމެހައިވެސް ރަގަޅަށް އެބަބޮވޭ! ކުޑަކުރަންބުނި ބިލްވަނީ ބޮޑު! ފުޅާކުރަންބުނިމަގު ވަނީހަނި! އަގުހެޔޮކުރި ފުލެޓް ވީބޮޑު! އިތުރުކުރަންބުނި ރިޒާވް ވީމަދު! ނުގެއްލޭނެކަމަށްބުނި ވަޒީފާ ދަނީގެއްލެމުން! ފުޅާކުރަންބުނި އިގުތިޞާދު ވީހަނި! އަނިޔާނުކުރާނަމޭބުނި ކުރަނީއަނިޔާ! ހުއްޓުވަންބުނި މަރުތައް ވަނީއިތުރު!------------------- އިބޫ ބޫބޫވެއްޖެ! ކަލޯއަށްސަލާމް!

ގުޅުން ހުރި
Loading...