ރައީސް ޞޯލިހުއަކީ އެމްޑީޕީގެ އޮލްޓަނޭޓީވްއެއް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އިދިކޮޅު ކޯލިޝަނުން ނެރުނު ކެންޑިޑޭޓަކީ ޅ.ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުހައްމަދު ޞޯލިހުއެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގޭ މެމްބަރުކަން ކުރައްވަމުން ގެންދެވި އިބޫ އިދިކޮޅު ކޯލިޝަނުން ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ ކޯލިޝަން ތެރޭގައި ވަރަށް ގިނަ ދެބަސްވުންތަކަށް ފަހު ކަމަށް އޭރު އަޑުތައް ފެތުރުނެވެ.

ސަބަބެއް ކަމުގައި ވެފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް އެދި އާދޭސް ކުރައްވަމުން ގެންދެވުމުންނެވެ. ނަމަވެސް 13 އަހަރުގެ ޖަލު ހުކުމެއް އޭރު އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށްބުނެ ފިލައިގެން ގޮސް އިނގިރޭސި ވިލާތުގައި އޭރު ހުރި ނަޝީދުއަށް އެ ފުރުޞަތު އޮތީ ގެއްލިފައެވެ. އެއީ އެމަނިކުފާނަކީ އޭރު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ބޭފުޅަކަށް ވުމުންނެވެ.

ޕާޓީން ރިޔާސީ އިންތިޚާބަށް ނުކުންނަން ނިންމާފައި އޮތީ ރައީސް ނަޝީދުއެވެ. ދެން ކަންވީ އަޑު އައްސަވާލަމާ ބަހީއެވެ. އިބްރާހީމް މުޙައްމަދު ޞާލިޙަށް ޖާގަ ލިބިވަޑައިގެންނެވި ގޮތް އަޑުއައްސަވާށެވެ. އެމް.ޑީ.ޕީ.ގެ ކައުންސިލް ބޭއްވިއެވެ. އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވިއެވެ.

ހަނދާންވާގޮތުން ވެއްޖިއްޔާ، އެ ޖަލްސާއަށް ޤަރާރެއް ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އެ ޤަރާރުގައި ހުރިހާ ވާހަކަތަކެއް އެއް ވާންޏަކަށް ހުރީ ރައީސް ނަޝީދު، ރައީސް ނަޝީދު، ރައީސް ނަޝީދު މިހެންނެވެ.

އެންމެފަހުން ނިންމާލަމުން އަސްލަމު ވިދާޅުވެފައި ވަނީ ސަރުކާރުން ކަންކަން ކުރާގޮތުން ރައީސް ނަޝީދަށް މި އިންތިޚާބުގައި ވާދަކުރެވޭނެ ފުރުޞަތެއް ނެތިއްޖެނަމަ، ދެން މި ޕާޓީން އެކަމަށް ނުކުންނާނީ އިބްރާހީމް މުޙައްމަދު ޞާލިޙު އޭ އެވެ. މިއީ މިކަން ހިނގި ގޮތެވެ.

އެ ޤާރާރު ފާސްކޮށް ސްޓޭމްޕް ޖެހިފަހުން ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަން އެނގިގެން ދިޔައެވެ. އެހާ ހިސާބުން އެމްޑީޕީ މީހުންނަށް ގޮއް ހުސްވެ އިބްރާހީމުއަށް ފުރުޞަތު ދޭން މަޖުބޫރުވިއެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށެވެ. ނަމަވެސް އޭރުވެސް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އިބްރާހިމް މުހައްމަދު ޞޯލިހުއަކީ ރަމްޒީ ބޭފުޅެކެވެ. ހަގީގީ ވެރިކަން ކުރާނީ ނޫނީ ރާޖް ކަރޯގީ ކޮއި އޯރު އެވެ.

ކަން މިހެން އޮއްވާ އިބްރާހިމު އުފް ރައީސް ޞޯލިހު ވެރިކަމަށް ހޮވުނެވެ. ނުވަތަ ވެރިކަން ވަގަށް ނެގީ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ ހިސާބުން ޤައުމު ފާލުން ނެއްޓުނެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދި ހަފުސްވާން ފެށިއެވެ.

ޤައުމުގެ މިނިވަންކަން ގާދޫ ކޮލުގެ އަސްކަނި މަތީ ވަޔާ އޮޔާ ތަޅާލަ ތަޅާލައެވެ. އިސްލާމު ދީނަށް ފާޅުގައި ފުރައްސާރަކުރާ މީހުން ގިނަވިއެވެ. ދައުލަތުގެ މުއައްސަސާތަކުގެ ހުރުމަތް ކެނޑުނެވެ. އަމިއްލަ ޖީބަށް ބަރުކުރަން ރޭގަނޑުގެ ނިދި ނަގާލާ މަސައްކަތްކުރަން ބޮޑުން ފެށިއެވެ. މަށަށް މަށަށް ކިޔަމުންނެވެ.

ކޮންމެއަކަސް ޤައުމެއް ނެތް ނެތް މިހެން ކިޔާކިޔާ ތިބި ދިވެހިން މަދެއް ނޫނެވެ. ނަމަވެސް ނުވަ މަސްވެ ވިހަން ތައްޔާރުވެފައި އޮތް ރައީސް ޞޯލިހުގެ ސަރުކާރަށް އަދި ދުނިޔެ އަށް އަންނަން އުޅޭ ކުއްޖާގެ ކަންކަން ފުރިހަމަ ކުރާނެ ގޮތުގެ ހާ އެއް ށަވިޔަންޏެއް ނޭނގެއެވެ. ދެން ހޯދަން ޖެހޭނީ ދޮން މަންމަ އެކެވެ. ދަރިއަކު ނުހޯދާ ގިނަ ދުވަސް ވީމާވެސް ވާނީ އެހެންތާއެވެ.

ކޮންމެ އަކަސް ޤައުމުގެ ހާލަތު ދުވަހަކުވެސް ނުދާހާ ދަށަށް ގޮސްފިއެވެ. ނަމަވެސް ބައްޕައަށް ބަސް ބުނެވޭނެ އެއްވެސް ބާރެއް ނެތެވެ. އެއަށް ވުރެ ބޮޑު ބޭބެ މާ ބާރުގަދައެވެ. މިއީ ރިޔާސީ އިންތިޚަބުގެ ކުރިން ބަޔަކު ކިޔަމުން އައި ލަވައެކެވެ. އެލަވަ މިއަދު ހަގީގަތަކަށް ވެއްޖެއެވެ.

އެމްޑިޕީން ކީހާ ޅެން ފަރިއްސަށް ވެއްޖެއެވެ. އުފަންވާ އުޅޭ ސަރުކާރުގައި ހިނގަނީ ބޮޑު ބޭބެގެ ހުކުމެވެ. ބޮޑު ބޭބެ ފޫގަޅުއްވާފައި ހުރީ ޤައުމު، އަވަށްޓެރި ޤައުމެއްގެ ބަޔަކަށް ހަދަން ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ޤައުމުގެ ރައްޔިތުންގެ ސަލާމަތާ ގުޅިފައި ހުރި އެތައް ކަމެއްގެ މައްޗަށް ބިނާ ކޮންމެވެސް ޓްރީޓެއް ހަދަން ބޮޑު ބޭބެ ވަނީ ތައްޔާރީތައް ފަށާފައެވެ.

ނަމަވެސް ބައްޕާފުޅަށް ހަމަ އުއްޕުވެސް ވިދާޅުވާން ނުކެރިފައި ތިރީ ތުންފަތްޕުޅުގައި ދަތް އަޅުއްވައިގެން ހުންނެވުން ނޫން ގޮތެއް ނެތެވެ. މަޤާމުގެ ދިފާޢުގައެވެ. ނަމަވެސް ޤައުމު ދެކެ ލޯބިވާ ދަރިން ބޮޑު ބޭބެއަށް އެ ފުރުޞަތު ނުދޭނެކަން ޔަގީނެވެ.

ޤައުމާއެވެ ހޭލާށެވެ. ރައީސް ޔާމީން އަބަދުވެސް ވިދާޅުވެއެވެ. ކަންކަން ކުރުމުގައި އަމިއްލަ ބުއްދީގެ ބޭނުން ކުރާށެވެ. އެހެންމީހެއް ވިސްނުން ނުބަލާށެވެ. އެއީ އެހެން މީހަކު ތިމާގެ ބަދަލުގައި ވިސްނާ ބަސް ބުނަން ދޫކޮށްލައިފިނަމަ ވާނެ މިސްރާބުދާނީ އޮޅެމުން ކަމަށް ވުމެވެ.

މިއަދު ޤައުމު މިއޮތީ އެ ހާލުގައެވެ. އިބިލީހުގެ ބަހަށް ނުހެއްލުނު މީހާވެސް އިންސާނާގެ ބަހަށް ހެއްލެޔޭ ބުނާތި އަޑު އަހަމުއެވެ. ރިޔާސީ އިންތިޚާބުވީ އެހެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަދިވެސް ވަގުތު އެބަ އޮތެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ގެނައި އޮލްޓާނެތިވް އަޅުގަޑުމެން ބަދަލުކުރަން ނުވޭ ހެއްޔެވެ. ހަމް ލޯގޯކީ ވޮ ގަލްތީ ސުދަރުނޭ ކެލިޔޭ އަބީ ބީ ވަގްތު ހެއި. އެކަން ކުރަމާ ބަހީއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...