ޕީއެސްއެމްއަށް ސަރުކާރުގެ ނުފޫޒު ފޯރާކަމުގެ ތުހުމަތުތަކެއް މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރައްވައިފި

- މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު -

ދައުލަތުގެ މީޑއާއަށް ސަރުކާރުގެ ނުފޫޒު ފޯރާކަމުގެ ތުހުމަތުތަކެއް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ކުރައްވައިފިއެވެ.

އާދަމް ޝަރީފު މިފަދަ ތުހުމަތު ތަކެއް ކުރެއްވީ ޕީއެސްއެމަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ދެއްކެވި ވާހަކަތަކެއްގެ އަސްލު ގެއްލޭ ފަދަ ގޮތަކަށް ޕީއެސްއެމުން ޙަބަރު ފެތުރުމާއި ގުޅިގެންނެވެ.

އިންޓަރވިއުގައި އާދަމް ޝަރީފު ވިދާޅުވީ އެމަނިކުފާނު އަސްކަރިއްޔާ އާއި ހަވާލުވުމުގެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާގެ ސަބަބުން އެމްއެންޑީއެފްއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާ ކަމަށެވެ.

އެހެންނަމަވެސް އެމްއެންޑީއެފްއާއި އެމަނިކުފާނު ހަވާލުވި ހިސާބުން ސިޔާސީ ނުފޫޒުން އެމްއެންޑީއެފް އެއްކިބާ ކުރުމުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެއްވި ކަމަށް އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަޒީރުގެ ކަމުގައި ހޭދަވި ތިން އަހަރުގައި އެމްއެންޑީއެފް ގައި އޮތް ސިޔާސީ ނުފޫޒު ކަނޑުވާލެއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީންވެސް މަަސައްކަތް ކުރެއްވީ ދިވެހި އަސްކަރިއްޔާ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހެއްދެވުމަށްކަމަށެވެ. އަދި ވަޒީރު ކަމާއި ހަވާލުވި އިރު ބޮޑެތި މައްސަލަތަކެއް އޭރު އެތަނުގައި މަަސައްކަތްކުރައްވަން ތިއްބެވި ބޭފުޅުންނާއި ލީޑާރޝިޕްގައި ހުރިކަމަށް ވިދާޅުވީ އެމަނިކުފާނު އެ މަގާމާއި ހަވާލު ވުމުގެ ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ވާހަކަ ކަމުގައި ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އެހެންކަމުން އިސްލާހަށް މަސައްކަތް ކުރައްވަން ވަޑައިގެންނެވި ސަރުކާރުން ދައުލަތުގެ މީޑިއާއަށް ނުފޫޒު ފޯރުވާކަމާމެދު އާދަމް ޝަރީފު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިކަމަކީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި އާދަމް ޝަރީފު ވަނި ސިފަ ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...