ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވި ވެރިޔަކީ ރައީސް ޔާމީން

ރާއްޖޭގައި މިވަގުތު ހުރި އެންމެ ހިކުމަތްތެރި ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޒައާމަތުވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ގެނެސްދެއްވި ދައުރަކަށެވެ. ޙާއްސަގޮތެއްގައި ދިވެހި ރާއްޖޭގައި ވީދިފައިވާ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް، ޤައުމު ހެޔޮ މިސްރާބަކަށް ރައީސް ޔާމީން ގެންދެވިއެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހި ރާއްޖޭގައި އިސްލާމީ ވަޙްދަތު ވަރުގަދަ ކުރުމަށް އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ. ވެރިކަން ހިނގުމުގެ ނިޒާމުގެ ތެރެއިން އެމަނިކުފާނު އެންމެ އިސްކަން ދެއްވި އެއް ކަމަކީ ދިވެހި ރައްޔިތުންނަށް ފާގަތިކަމާއި ހިތްހަމަޖެހޭ ދިރިއުޅުމެއް ގެނެސްދެއްވުމެވެ. އަދި އެ ފަލްސަފާގެ ތެރެއިން އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ.

އެގޮތުން އެމަނިކުފާނުގެ ރަން ފަސް އަހަރުގައި އެކި ޕޯޑިއަމުތަކުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބަޔަކާ ވާދަކުރަން ނޫން ކަމަށާ ވެރިކަމަށް ވަޑައިގެންނެވީ ޤައުމުގައި ހުރި މައްސަލަތަކާ ވާދަކުރުމަށް ކަމަށެވެ. އެމަނިކުފާނު މި ރާއްޖެއަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ގެނެސްދެއްވި ތަރައްޤީ އަކީ ވަރަށް ހިކުމަތްތެރި ބޭފުޅަކަށް މެނުވީ ނުވާނެ ކަމެކެވެ.

ޤައުމެއް ހިންގުމަކީ ފަސޭހަ ކަމެކޭ ބަޔަކަށް ހީވެދަނެއެވެ. ނަމަވެސް ޤައުމުގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާ ކުރިއެރުން ޤައުމަށް ގެނެސް ދެއްވާ ޤައުމުގެ ނައު ފަހި ފަސޭހަ ދުވެއްޔަގައި ދުއްވުމަކީ ކޮންމެ ކޮންމެ މާލިމީއަކަށް ކުރެއްވެނެ ކަމެއް ނޫނެވެ. އެެހެނީ ސިޔާސީ ކަނޑަށް އެ ނައު ހިފައިގެން ނުކުތުމުން ދެން އެ ދިމާވަ ބިޔަ ބޮޑެތި ރާޅުތަކުން ނައު ސަލާމަތްކޮށް ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމަކި ވަރަށް ބުރަ އަދި އެހާމެ ނުރައްކަ ވެސް ބޮޑު ދަތުރަކަށް ވުމުންނެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، މި ޤައުމު އެންމެ ފުރިހަމަ ގޮތުގައި ހިންގެވި ވެރިއަކަށް ރައީސް ޔާމީން ވެވަޑައިގަންނަވާނެ ކަމީ ޔަގީން ކަމެކެވެ. މިއީ ރައީސް ކަން ކުރެއްވި އެހެން ބެފުޅުންނަށް ބުނެވެ ކުޑައި މީސް ބަހެއް ނޫނެވެ. ނަމަވެސް ރައީސް ޔާމީން މި ޤައުމު ހިންގެވީ ވަރަށް ހުށިޔާރުކަމާއެކު ރޭވުންތެރި ޕްލޭނު ތަކާއެކުއެވެ.

އެކަން މިއަދު ދިވެހި ޤައުމުގެ ކޮންމެ ދިމަލަކަށް ނަޒަރު ހިންގާލިޔަސް ފެންނަން އެބަހުއްޓެވެ. ވެލާނަ އިންޓަރނޭޝަނަލް އެއާޕޯޓުން ފެށިގެން ގޮސް ރާއްޖެގެ އެކި ކަންކޮޅު ތަކުގައި ޤައިމުކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓު ތަކާ ހަމައަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން ގޮސް އައްޑޫގައި އަޅާ ޓާރޝިއަރީ ހޮސްޕިޓަލާ ހަމައަށް ވެސް މެއެވެ.

ސިނަމާލެ ބްރިޖުން ފެށިގެން ގޮސް ހައްދުންމަތީގައި ހެދި ރާއްޖޭގެ އެންމެ ދިގު މަގާ ހަމައަށެވެ. ރާއްޖޭގައި މިހަތަނަށް ތަޢާރަފް ކުރެވުނު ބޯހިޔާވަހި ކަމުގެ އެންމެ ބޮޑު މަޝްރޫޢު، ހިޔާ މަޝްރޫއާ ހަމައަށެވެ. އަދިވެސް މި ކަހަލަ ކިތަންމެ ކިތަންމެ ކަމެކެވެ.

ކަން މިހެން އޮއްވާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ޔާމީން ދިވެހި ރައްޔިތުންގެ ކިބައިން އެދި ލެއްވީ އެންމެ ކަމަކުއެވެ. އެމަނިކުފާނު ދިވެހިރައްޔިތުންގެ ހައްގުގައި ފައްޓަވާ ހުންނެވި ތަރައްޤިގެ މަޝްރޫޢުތައް ފުރިހަމަ ކުރުމަށް އެމަނިކުފާނަށް ފަސް އަހަރުގެ އިތުރު އެއް ދައުރު ދެއްވުމަށެވެ. 
ނަމަވެސް ބައެއް ދިވެހި ރައްޔިތުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ.

އެމަނިކުފާނު އެދި ލެއްވި އެދިލެއްވުމުގައި ކޮޅުފައިން ޖަހާ އެމަނިކުފާނު ޤައުމުގެ ވެރިކަމުން ދުރުކުރިއެވެ. ބައެއްގެ ދޮގު ވާހަކަތަކަށް ހެއްލިގަނެގެންނެވެ. ބަޔަކު ދެއްކި ހުވަފެންތަކަކީ ހަގީގަތަކަށްވާނެ ކަމެއްކަމަށް ގަބޫލުކުރެވިގެންނެވެ. ނަމަވެސް އެ ހުވަފެންތައް ދެއްކެވި ބޭފުޅުންގެ ވެރިކަން ފެށުމުން އެއީ ދެއްކު ހުސް ދަޅަތަކެއްކަން މިއަދު ދިވެހި ރައްޔިތުންނަސް އިހުސާސު ކުރެވިއްޖެއެވެ.

އަދި އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލ ލޮލަށް ވަންނަން ފަށައިފި ކަމުގެ އިހުސާސު ކުރެވެން މިއަދު ދިވެހި ރައްޔިތުންނަށް ކުރެއްވިއްޖެއެވެ. އުޑުން ރީތި ތަރިތަކެއް ފެނިގެން ގުނަން ކަރު ހިއްލައިގެން ތިއްބާ ބިމުން ހޮވަން ލިބުނު ޖަވާހިރެއް ގެއްލިގެން ދިޔަކަން މިއަދު އެ ރައްޔިތުންނަށް އިހުސާސު ކުރެވިއްޖެއެވެ.

ކޮންމެ އަކަސް ހެޔޮވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ވަޑައިގަތް ސަރުކާރުން ގެންދަނީ ރައްޔިތުން ރުއުސަމުންނެއް ނޫނެވެ. މިއަދުގެ ރައީސް ޞޯލިހުއަށް ޖެހިވަޑައިގެންފައިވާ އޮތީ އެންމެ ގާތް އެކުވެރިޔާ އާ އަދި ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކޮށްދިން ޕާޓީ ކުދިންކޮޅު ރުއްސުމެވެ. އެމަނިކުފާނަށް އެ ނޫން ގޮތެއް މިއަދު ނެތެވެ.

މަޤާމުގެ ދިފާޢުގައި އެހެން އެކަން ކުރައްވަން މަޖުބޫރުވެވަޑައިގެންފައިވާ ކަހަލަ މެސެޖުތަކެއް އެމަނިކުފާނުގެ މޫނުފުޅު މަތިން އަރާ ފައިބާ ކުލަވަރުން އެނގިގެން ދާކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ރައީސް ޞޯލިހުގެ ވެރިކަމަށް އެތައް މަސްދުވަހެއް ވެފައިވާއިރުވެސް ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ނުކުރެއްވިގެން އުޅެނީ ޕާޓީ ކުދިން ރުހޭ ގޮތަކަށް އެކަން ނުކުރެވިގެން ކަމަށް ވެދާނެއެވެ.

ނަމަވެސް ރައީސް ޞޯލިހު ހަނދުމަފުޅު ބަހައްޓަވަން ޖެހޭ ކަމެއް އެބައޮތެވެ. މަނިކުފާނު ވެރިކަމަށް ހޮވެވަޑައިގެން ހުންނެވީ އެއްލައްކަ އަށްވުރެ ގިނަ ރައްޔިތުންގެ ވޯޓާއެކު ކަމަށް ބުނާއިރު ތިއީ 4 ލައްކައެއްހާ މީހުންގެ މައްޗަށް އައްޔަންވެފައިވާ ވެރިއެކެވެ. އެއިން ކޮންމެ މީހެއްގެ ހައްގުތަކެއް ވެއެވެ. އަދާ ކުރައްވާށެވެ.

ނޫނީ ސުވާލުވެވޭނެ ދުވަހެއް އަންނާނެއެވެ. އެ ދުވަހަކުން ޕާޓީ ކުދިންނެއް މަނިކުފާނު އަރިހު ނުތިބޭނެކަން ޔަގީނެވެ.


 


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...