އުމަރު އަބްދުއް ރައްޒާގަށް އިތުރު 3 ގައުމެއްގެ ސަފީރުކަން ލިބިއްޖެ

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދެމަސް ދުވަސްވަންދެން އަބްދުﷲ ލުތުފީ ފޮރުވައިގެން ގެންގުޅުނު ކަމުގެ ބަދަލެއްގެ ގޮތުން ދިވެހި ރާޢްޖެއިން ސްރީލަންކާއަށް ކަނޑާއަޅާފައި ހުންނަ ސަފީރަށް އިތުރު ތިން ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަން ސަރުކާރުން ދެއްވައިފިއެވެ.

ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ހިކިފިނިފެންމާގޭ އުމަރު އަބްދުއްރައްޒާގް އިތުރު ތިން ގައުމެއްގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ވަނީ ރުހުންދީފައެވެ.

އެގޮތުން މަޖީލިހުގައި ބައިވެރިވެލެއްވި 77 މެމްބަރުންގެ ތެރެއިން 75 މެމްބަރުން ވަނީ އެ މަގާމްތަކަށް އުމަރު އައްޔަންކުރައްވަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

އޭނާ ސަފީރުކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ މޮރިޝަސްއާއި ސީޝެލްސް އަދި ކަޒަކިސްތާން އަށެވެ. އޭނާއަށް އިތުރު ތިން ގައުމެއްގެ ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމުން އާންމު ގިނަ ރައްޔިތުން ދަނީ އެމްޑީޕީއަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން ރައްޔިތުން ބުނަމުންގެންދަނީ އުމަރު އަބްދުއްރައްޒާގަށް އަދުގެ ސަރުކާރުން އެފަދަ މަގާމުތަކެއް ދިނީ ސްރީލަންކާގެ ސަފީރު ކަމުގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ލުތުފީ ފިލުވައިގެން ހިންގި ޖަރީމާގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢޒްރާ އަލީ 11 ޖުލައި 2019 - 07:12

    ލުތުފީ ކަމައް ދައްކަން ގެނައީ އަލީލުތުފީ ބާޣީ ލުތު ގެ ކޮއްކޮ ރައްޔިތުން ހޭއަރާ ވެރިކަން ނިމުމަކައް ގެންނަން ޖެހޭ

  2. ހަސަނު 10 ޖުލައި 2019 - 22:27

    އަދި އިތުރަށް ހިކިފިނިފެންމާގެ އެމްބެސެޑަރ ކަން

ގުޅުން ހުރި
Loading...