އެމްޑީޕީގެ ސަރުކާރުން ދައުލަތުގެ 14.2 ބިލިއަން ރުފިއާއަށް ޚިޔާނާތްތެރިވި މައްސަލަ ބެލެންޖެހޭ: ޝިޔާމް

- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -

2008 ވަނަ އަހަރު އޮތް އެމްޑީޕީގެ ސަރުކާރުން ދިވެހި ދައުލަތުގެ 14.2 ބިލިއަން ރުފިއާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލަތައް ތަފާތު އެކި މަސްދަރުތަކުން ފެންނަށް ހުންނާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ލިބެންޖެހޭނެ ކަމަށެވެ.

އަދި އެ ބިލަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރައީސް ނަޝީދު އިސްތިއުފާ ދެއްވި ހިސާބަށްވެސް އެމްޑީޕީ ސަރުކާރުގައިވެސް ތަފާތު އެކި ކޮރަޕްޝަންގެ އިނގިލިތަކެއް ދިއްކުރެވުނު ކަމަށެވެ.

އެގޮތުން 14.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަން އެކި އެކި މަސްދަރުތަކުން ފެންނަށް އެބަހުރިކަމަށެވެ. ސަރުކާރުގެ ކުންފުންޏެއްގެ އެމްޑީ އެއް ނުވަތަ ވަޒީރަކުވިޔަސް ވައްކަމެއް ކޮށްފި ކަމުގައިވާނަމަ އިނގި ދިއްކުރެވެނީ އޭރަކު ވެރިކަމުގައި ހުންނަ ބޭފުޅަކާ ދިމާލަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި އެމްޑީޕީ ސަރުކާރުގައި ހިނގާފައިވާ ޙިޔާނާތުގެ މައްސަލަ ބެލެންޖެހޭނެ ކަމަށާއި ޖީއެމްއާރުން ދިވެހި ދައުލަތަށް ދެއްކި ކަމަށް ބުނާ 21 ބިލިއަން ރުފިޔާ މަދުވި ކަމަށް އޮޑިޓް ރިޕޯޓުގައި އޮތްއިރު ދައުލަތަށް އެ ފާއިސާ ލިބިފައިނުވާތީ އެ މައްސަލަވެސް ބެލެންޖެހޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ގާސިމް އަބްދުއްލްކަރީމް ހީރޯއަކަށް ހެދި މީހުން މިއަދު ވެރިކަމުގައި ތިބި އިރު ގާސިމް އަބްދުއްލްކަރީމް ކޮބައިތޯ އައްސަވާ މެމްބަރު ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަދި އެ ދުވަހުގައި އެ މައުލޫމާތު ހާމަކުރެއްވީ ކޮން މަގުސަދެއްގައިތޯވެސް ބަލަންޖެހޭ ކަަމަށް ޝިޔާމް ވިދާޅުވިއެވެ. ވޭތުވެދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ގާސިމް އަބްދުއްލްކަރީމަށް ޖެހުނީ އެމްޑީޕީ މެމްބަރުންގެ ސަބަބުންކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ އޭނާ ޕްރައިމަރީގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ ބޮޑު ތަފާތު ނަތީޖާއަކުން ކަމަށެވެ.

މިއީ ބޮޑު ވައްކަމެއް ފަޅާއަރުވާލި މީހަކަށް އެމްޑިޕީ މީހުން ކަންތައް ކުރެއްވި ގޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޙިޔާނާތުގެ ފާއިސާގެ ވާހަކަތަކަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެސްއޯއެފް ކިޔާ ކުންފުންޏަކާ އެކީގައި 155 ފަރާތެއް ޓްރާންސެކްޝަނެއް ހަދާފައިވާ އިރު 154 ފަރާތެއްގެ ނަން ބޭއްވުމަށް ފަހު ރައީސް ޔާމީންގެ ނަން ނަންގަވައިގެން އުޅުއްވަނީ ކީއްވެތޯ އައްސަވާފައެވެ.

އެ 154 ނަމުގެ ތެރެއިން ރައްޔިތުންގެ ޕްރެޝަރާ ހެދި އޭގެ ތެރެއިން 3 މިހުންނަކީ ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވާ ބޭފުޅުންނަށް ވުމުން ސަރުކާރުގެ ޚާއްސަ ތަހުގީގެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވުމަށް އެފަރާތްތަކަށް ވަޒީފާ އަނބުރާ ދީފާއިވާ ކަމަށެވެ.

އެހެންކަމުން ފަށަލަތައް މައްޗަށް އިތުރު ފަށަލަތަކެއް އެޅިޔަސް އިސްލާހު ވާނެ އެއްޗެއް ނުފެނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިންސާފާ ހަމަހަމަކަމުގެ ވާހަކަ ދައްކާއިރު އޚްލާސްތެރިވާން ޖެހޭނޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...