ރައީސް ޞޯލިހުގެ ވާހަކަފުޅު ހާމިދު ދޮގުކޮށްފި

އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޤަފޫރު.

ރާއްޖެ އާ އިންޑިޔާ އާ ދެމެދު ވެވޭ ޓްރީޓީ އެއްބަސް ވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ދެއްކެވި ވާހަކަފުޅު އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޤަފޫރު ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިހު ވިދާޅުވީ، ޓްރީޓީ އެއްބަސްވުމަކީ އެއީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ ސަރުކާރުން އިންޑިޔާ އާ ދެމެދު ވާން ނިންމި އެއްބަސްވުމެއްކަމަށެވެ.

ނަމަވެސް ހާމިދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމް އާ ޖޭޕީ އަދި އެމްޑީއޭގެ މެމްބަރުން ޓްރީޓީ އެއްބަސްވުން ޤާއިމުކުރިޔަ ނުދީ ދިހަ އަހަރު ހިފެހެއްޓި ކަމަށެވެ. އަދި އެއްބަސްވުން ހެދިޔަ ނުދީ ހިފަހެއްޓި ބަޔަކު ހިފެހެއްޓީ ކުރި ވައްކަން ފޮރުވަން ކަމަށް ވެސް ހާމިދު ވަނީ ތުހުމަތުކޮށްފައެވެ.

އެހެންކަމުން ހާމިދުގެ މި ވާހަކަތަކާއެކު ޓްރީޓީ އެއްބަސްވުމާ ގުޅޭ ބޮޑު ރައީސް ޞާލިޙް ހެއްދެވި އިތުރުފުޅު ވަނީ ފަޅާއަރާފައެވެ. އަދި އެއީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މަސައްކަތްފެށި ކަމެއްކަން ހާމިދުގެ މި ޓްވީޓުން ހާމަވެގެންދެއެވެ.

ހާމިދު މިފަދަ މޭރުމަކުން ޓްވީޓުކޮށްފައިވާއިރު، ރައީސް ޞޯލިހު ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުއްވަން މަސައްކަތްޕުޅު ކުރެއްވި އިލްޒާމާ މެދު ރައީސް ޔާމީން ވަނީ ރައްދުވެސް ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ވެވުނު ކަމެއް ނަމަ މަޖިލީހުގެ ތަޅުމަށްވެސް އެކަން އޮންނާނީ ގޮސްފައި ކަމަށެވެ.

ނަމަވެސް ދިވެހިންގެ އެތައް ހައްގުތަކަކާ ގުޅިފައިވާ އެފަދަ ކަމަކަށްވުމުން އެމަނިކުފާނުވަނީ ވަގުތުން އެ އެއްބަސްވުމުގެ ވާހަކަ ހުއްޓާލާފައި ކަމަށެވެ. އިންޑިޔާ އާ ދިވެހިރާއްޖެ އާ ދެމެދު ވެވޭ ޓްރީޓި އެއްބަސްވުމުގެ ދަށުން އިންޑިޔާއިން ބޭނުންވެއްޖެ ހާލަތެއްގައި ދިވެހި ކޮންމެ ރައްޔިތެއްގެ ޝަރީއަތްވެސް އެ ޤައުމުގައި ކުރިއަށް ގެންދެވޭނެއެވެ.

އަދި އެމީހެއްގެ ބޭންކުތަކުގެ ތަފްޞީލީ މައުލޫމާތުވެސް ހިއްސާކުރަން ޖެހޭނެއެވެ. މިފަދަ އެތައްކަމެއްގެ މައްޗަށް އެކުލެވޭނެ މި އެއްބަސްވުމާ މެދު އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...