މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ޖާބިރު އިސްތިއުފާ ދެއްވައިފި

-ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު. ފޮޓޯ: ޗެނެލް13

ހިތްހަމަނުޖެހުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރިޔާސަތުން ނަން އިއްވައި ޖާބިރު ވަނީ ޖަލްސާ އިން ބޭރުކޮށްފައެވެ. މަޖިލީހުގެ ތަޅުމުގައިވެސް އަޑުގަދަ ކުރައްވައި މަޖިލީހުގެ ރިޔާސަތަށް ބަހުގެ ހޫނު ހަމަލާތަކެއް ޖާބިރު ރައްދުކުރެއްވިއެވެ.

މި މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން ޤަވާއިދާ ޚިލާފަށް އިއްވައި ތަޅުމުން ނެރުއްވައިފައެވެ. ޖާބިރު ކޮމިޓީން އިސްތިއުފާ ދެއްވާފައި ވަނީ އެ ކޮމިޓީން ރަނގަޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި އެއީ މުހިންމު ކޮމިޓީއަކަށް ނުވާތީ ކަމަށް ވިދާޅުވެ.

އެގޮތުން ސަރުކާރުގެ 31 ކުންފުނި ގެނެސްގެން ކުރަނީ ބޭކާރު މަސައްކަތެއް ކަމަށާ އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ޑްރާމާއެއްގެ ގޮތުގައި ޖާބިރު ވަނީ ސިފަކުރައްވާފައެވެ.

ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ޖާބިރު ވަނީ އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވައިފައެވެ.

އެއާއެކު ޖާބިރު ވަނީ، ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ. ރައީސް އިބްރާޙިމް މުހައްމަދު ސާލިހްގެ އެޑްވައިޒަރުކަން ކުރައްވާފައިވާ ޖާބިރު މަޖިލީހަށް އިންތިހާބުވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.

އަދި ޖާބިރު ފާހަގަވެފައިވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޚުވާ މެމްބަރެއްގެ ގޮތުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ބޮސި 10 ޖުލައި 2019 - 21:43

    ޜަނުގެފުރުސަތު

ގުޅުން ހުރި
Loading...