އޭސީސީގެ މެންބަރު ކަމަށް އައްޔަންކުރާނެ 12 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ކުރީގެ އޮޑިޓަރ ޖެނެއަލް ނިޔާޒު އިބްރާހިމް ހިމެނޭހެން 12 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ޞާލިހް މަޖިިލީހަށް ނަން ފޮނުއްވި 12 ބޭފުޅުންގެ ތެރޭގައި ހިމެނެނީ،

1- ފާތިމަދު އަނޫލާ ގ. ވަޑިނޮޅުގެ

2- އާރިފް ރަޝީދު ގ. ބާޑްވިލާ 

3- ޒީނިޔާ އަބްދުﷲ ބ. ތުޅާދޫ 

4- އިބްރާހިމް ޝަކީލް މަދޮށިމާގެ  ހއ. ބާރަށް

5- އައިޝަތު އަބްދުﷲ ދަފްތަރު ނަމްބަރު 3654

6- މަރިޔަމް ޝިއުނާ ޅ. ހިންވަރު ރޯލްގޯލްގެ

7- މުޖުތަބާ ހަމީދު ސ. ހިތަދޫ ނެދުންގެ

8- އަލީ އަޝްރަފު ރ. ކަދޮޅުދޫ ދީފްރޮމްގެ

9- މަރިޔަމް އަހުމަދު ދަފްތަރު ނަމްބަރު 3366

10- ނިޔާޒު އިބްރާހިމް ބްރޫމްގެ ގދ. ތިނަދޫ

11- އަބްދުﷲ މިޒްއާން ރަތްވިލާގެ ރ. ކަނދޮޅުދޫ

12- އާދަމް ޝާމިލް ރަތްވިލާގެ ތ. ވިލުފުށި

އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސް ޞާލިހް މަޖިިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އޭސީސީގެ ރައީސް ޙަސަން ލުތުފީ ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އިސްތިއުފާދެއްވާފައެވެ. ލުތުފީ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...