މާލޭ ވިޔަފާރި ބަނދަރު އިންޑިއާ އާ ހަވާލުކުރަން ސަރުކާރުން ނިންމައިފި

މާލޭ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމާއި އެކު އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކާއި ހަވާލާދެއްވައި ރާއްޖޭގެ އޮން ލައިން ނޫހެއްގައި ބުނެފައި ވަނީ ސަރުކާރުން މާލެ-ވިލިނގި-ތިލަފުށި-ގުޅީފަޅު ގުޅާލުމުގެ މަސައްކަތް އިންޑިއާގެ ކުންފުންޏާކާއި ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، މާލެގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށާއި އެ ބަނދަރު ހިންގުން އިންޑިއާގެ ކުންފުންޏަކާއި ހަވާލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

މާލޭ ވިޔަފާރި ބަނދަރު އިންޑިއާގެ ކުންފުންޏަކަށް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާއިރު އެމްޑީޕީން ކުރިން ވެރިކަން ކުރިއިރު ދިވެހިރާއްޖޭގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވަނީ ދިގު މުއްދަކަށް ދީފައެވެ. އަދި ދާދީ ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ގޮތް ނޭންގޭ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައި ވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރު އިންޑިއާގެ ކުންފުންޏަކަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާއިރު، އެމްޑީޕީގެ ވެރިކަމުގައ ރާއްޖޭގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް
ދިނުމަށް ހެދި އެއްބަސްވުން ބާތިލްކޮށް އޭގެ ބަދަލެއްގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހުނެވެ. އެ ހުރިހައި ފައިސާއެއް ދައްކާ އެއާޕޯޓަކީ ދިވެހިންގެ އަމިއްލަ ތަނެއްގެ ގޮތުގައި ހެދީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މީގެ އިތުރުން ދިވެހި ރައްޔިތުންނާއި ރާއްޖޭގައި އުޅޭ ބޭރު މީހުން އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ އާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު އެގައުމަށް ލިބޭ ގޮތަށް މި ސަރުކާރުން އިންޑިއާއެކު އެއްބަސްވުމުމެއްގައި ސޮއިކުރަން ނިންމުމާއި ގުޅިގެންވެސް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ އެއްބަސްވުން ބުނާ ގޮތުން ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމުގެ އިތުރުން އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެމީހަކާއި ގުޅުންހުރި ލިޔެކިޔުންތައް ވެސް ފޯރުކޮށްދޭން ޖެހެއެވެ.

ބައިނަލްއަޤުވާމީ އެއްބަސްވުންތައް ގައުމުތަކާއި އެކު އެކުލަވާލާއިރު ލިމިޓޭޝަންސް އޮން އެސިސްޓަންސް (ހުށައެޅުންތަކަށް ނޫނެކޭ ބުނެވޭނެ ހާލަތްތައް) ބަޔާންކޮށްފައި ވީނަމަވެސް މިއެއްބަސްވުމުގައި އެފަދަ ކަންތައްތަކެއް ވެސް ބަޔާންކޮށްފައެއް ނެތެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޕިސްޕިސް 08 ޖުލައި 2019 - 13:02

    މިސަރުކާރުން އިންޑިޔާއާނުލާ ފޮޑިއެއްވެސް ނެއްޖެހޭކަށް އިންޑިޔާއިންޑިޔާ އިންޑިޔާ މީބޮޑުވަރު ދެންކޮބާތޯ ރައްކާތެރިކަމެއް މިގައުމުގަ ތަންތަންހިނގޭވަރުގެ ބަޔަކުވެސް ނެތީތަ.ތިވަރުންވެސް ވެރިކަންކުރަންއުޅޭތި ނުފޯރާފޮތިން ފޫގަޅަންއުޅޭތިއަދިވެސް.

  2. އަޙްމަދުމަނިކު 08 ޖުލައި 2019 - 13:01

    މިއީ ހަމަ ޙަޤީޤީ މަސްދަރުތަކާ ހަވާލާދީ ޝާއިއު ކުރައްވާފައިވާ ޚަބަރެއްތޯ؟ ކޮބައިތޯ މި ޚަބަރުގެ ސައްޙަކަން ކަށަވަރުކޮށްދޭން އެބަޖެހޭ ޚޮބައިތޯ ޑޮކިއުމަންޓް

  3. ހވ 08 ޖުލައި 2019 - 12:34

    ޑިމޮކުރަސީ ގެނެސް ގެން މި އުޅެނީ ތިކަން ކުރައް ދަންނަ ބޭކަލުނގެ ބޮލުގަ ޓެރޮރިސްޓް އަޅުވާފަ އިންދިއާއާހަވާލު ކުރީމަ ދައްކާނެ ވާހަކަ ހުސް ވީނުން ތޯ

ގުޅުން ހުރި
Loading...