ފޭރުމާއި ދެކޮޅަށް" ބާއްވާ ރެލީގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން ދަނީ ވަޒީފާގެ ބިރުދައްކަމުން: ކޮންގްރެސް ކޯލިޝަން

މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ކުރަމުންގެންދާ ކަންކަން ހާމަކޮށް ސަރުކާރު ހަމަ މަގަމަށް އެޅުވުމަށްޓަކައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ފޭރުމާއި ދެކޮޅަށް މިނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރެލީގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ސަރުކާރުން ހުރިހައި ކަމެއް ވެސް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން މަކަރާ ހީލަތުގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ ކަމެއް ރައްޔިތުންނާއި ހަމައަށް ތިލަކޮށް މިހާރުގެ ސަރުކާރުން ނޭދެވޭ ގޮތުގައި ކުރާ އެންމެހާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދީ ސަރުކާރު ޖަވާބު ދާރީ ވުމުގެ ގޮތުން ކޮންގްރެސް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ ރެލީ ބާއްވާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން، ޕީޕީއެމް ޕީއެންސީ ގުޅިގެން ބާއްވަން އުޅޭ ޖަލްސާއޭ ކިޔައިގެން ކޮންމެ ވާހަކައެއް ދެއްކެވިއަށް ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި މޭސްތިރިއާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަކީ ބާޣީއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެފަރާތްތަކުން ބާއްވަން އުޅޭ ރެލީއަށް މީހުން ގިނަކުރަން ކަމަށް ސަރުކާރު މެމްބަރުން ވިދާޅުވާއިރު ޤައުމުގެ ރައީސް އާއި ސަރުކާރު މެމްބަރުން ލުތުފީގެ ކަންކަން އޮއްބާލަން މަސައްކަތް ކުރަނީ ކޮންގްރެސް ކޯލިޝަންގެ ރެލީއަށް މީހުން ގޮސްދާނެ ކަމުގެ ބިރު  އޮތުމުން ކަމަށެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއާއި ޕީޕަލްސް ނޭޝަނަަލް ކޮންގްރެސް ޕާޓީ ޕީއެންސީ ގުޅިގެން ފޭރުމާއި ދެކޮޅަށް ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެލީގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ރެލީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެލެއްވުމަށް ކޮންގްރެސް ކޯލިޝަނުން ވަނީ އެދިލައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...