ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދެއްވިފަދަ ތަރައްގީއެއް އަދުގެ ސަރުކާރުން ގެނެސްނުދެއްވޭނެ : އަބްދުއްލަތީފް

- ދިއްދޫގައި މަޝްރޫޢުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިއްދޫއަށް ގެނެސްދެއްވިފަދަ ތަރައްގީއެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް ގެނެސްނުދެއްވޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރައްިތުންގެ ގިނަ ހައްގުތަކެއް ނިގުޅައިގަންނަމުންދާތީ އެ ރައްޔިތުންނަށް އެ ހައްގުތައް ހޯއްދަވާދެއްވުމަށްޓަކައި އިދިކޮޅު ދެ ޕާޓިން ކުރަމުންދާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ކަން އިއުލާން ކުރައްވަމުން ޗެނަލް ތާޓީންގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްލަތީފު ވިދާޅުވީ ރައީސް އިބްރާޙީމް މުހައްމަދު ސާލިހަށް ރައީސް ޔާމީން ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ އެ ބާރު ސްޕީޑުގައި ގެނެސްނުދެވޭނެ ކަމަށެވެ.

އަދުގެ ސަރުކާރުގެ ތެރޭގައި އެފަދަ ރޭވުންތެރި ކަމެއް އަދި ރައްޔިތުންގެ އުންމީދާ ކައިރިކުރާ ފަދަ އެއްވެސް މަސައްކަތެއް ފާއިތުވެގެންދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ކޮށްދެއްދެއްވާފައި ނުވާކަމީ ރައްޔިތުން ކުރި އުންމީދުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކޮޅުފައިން ޖެހުންފަދަ އަމަލެއް ކަމަށް އަބްދުއްލަތީފް ފާހަގަކުރެއްވިއެވެ.

ދިއްދޫ ދާއިރާގެ ރައްޔިތުން ހިނިތުން ކުރުވާލަދިން ވެރިއަކީ ރައީސް ޔާމީން ކަމަށް ވިދާޅުވެ އަބްދުއްލަތީފް ވިދާޅުވީ ދިއްދޫ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދެއްވީ ރައީީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އެގޮތުން ރަށުގެ ފެނާއި، ނަރުދަމާ އަދި ޒަމާނީ ފެންވަރަށް މަގުތައް ހައްދަވައިދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ކުރީ ސަރުކާރުގެ އެ ސްޕީޑުގައި މަސައްކަތްކުރަން އަދުގެ ސަރުކާރަށް ނޭގޭ ކަމަށާއި ރައްޔިތުންގެ އަޑުތައް އެހުމުގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދިއްދޫއަށް ގެނެސްދެއްވިފަދަ ބާރު މިނެއްގައި އަދުގެ ސަރުކާރުން ކަންތައްތައް ކޮށްނުދެއްވުމުގެ ސަބަބުން ރަށުގެ އިސްރަށްވެހިންނާއި އެންމެ ކުޑަ ކުއްޖާއާއި ހިސާބުން މިހާރު އެ ވާހަކަތައް ދައްކަމުންދާކަމަށް އަބްދުއްލަތީފު ވިދާޅުވިއެވެ.

ދިއްދޫގެ ދިގު ތާރީޚަށް ބެލިކަމުގައިވީނަމަވެސް އެ ރަށަށް ނުލިބޭ ފަދަ ތަރައްގީތަކެއް ހޯއްދަވައިދެއްވީ ރައީސް ޔާމިންގެ ސަރުކާރުން ކަމަށައި ރަށުގައި ހިންގުނު ބޮޑެތި މަޝްރުޢުތަކުގެ ސަބަބުން އެތައްގުނަ ފާއިދާތަކެއް އިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ކަމަށްވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.

އަދި ދިއްދޫއަކީ އާބާދީގޮތުންވެސް ބޮޑު ރަށަކަށްވުމުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވި ވެރިއަކީ ރައީސް ޔާމީން ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ. އެގޮތުން ބަލާލި ކޮށްމެ ދިމާލަކުން މި ކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ފެނި ހާމަވެގެންދާނޭ ކަމަށްވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ބަލާދީބަލަ ޕްލީސް 05 ޖުލައި 2019 - 16:09

    ސީލައިފު ކުންފުންޏާ ގުޅޭނެ އެއްވެސްގޮތެނެތް ކަމަށްބުނެ މިސަރުކާރުން ދޮގުހެދީ ރައްޔިތުންނަ ސިއްރުން ސީލައިފާ ވާހަކަދައްކާ ފްލެޓްތަކުގެ ބަދަލުދޭން ސަރުކާރުން ނިންމިނިނުން ސީލައިފުން ފްލެޓްގަތްމީހުންނަ ނާންގާ ސަރުކާރާ ސީލައިފު ބޭނުންވާގޮތަކަށް މިޑީލުނިންމަނީ ކޮންހަމަޔަކުން. އަހަރެމެންކުރެން މަޝްވަރާކުރަންޖެހޭނެ ބޭނުންވަނީ ކޮންގޮތެއްތޯ. ފައިސާ ބޭނުންވާބަޔަކަށް ފައިސާދީ. އަހަރެމެން ބޭނުމީ ފްލެޓް ނޫނީ ބިން. މިގޮތް ނިންމުމެގެ އިހްތިޔާރު އަހެރެމެންނަ އޮންނަންޖެހޭނެ. މޑޕ އެކްޓްވިސްޓް ސުނާނާ މަޝްހޫރުވާން މުޒާހަރާކޮށް ކޯޓުތަކަށްދާއިރު މިކަމެ މީނައަކަށްވެސް ނާންގާތަ. ޗެނެލް13އިން މިކަމަށް އަލިއަޅުވާލަދީބަލަ. ރައްޔިތުންގެ ސަމާލުކަމަށް މިކަންގެނެސްބަލަ. ސީލައިފާ ސަރުކާރާ ޑީލެހެދަނީތަ ކަޓްލިބޭގޮތަށް. ސީލައިފު ކުންފުނީގެ އައްމަޓީ ނުފެނިގެން އިންޓަޕޯލުން ނޯޓިސްދީގެންއުޅޭއިރު މިސަރުކާރުން އައްމަޓީއާވެސް ވާހަކަދައްކަމުންތަ މިދަނީ. ލުތުފީ ކޮޓަރިއާޖެހިގެން ހުރީ އައްމަޓީގެ ކޮޓަރިތަ އެމްބަސީގަ.

ގުޅުން ހުރި
Loading...