އާޓިފިޝަލް ބީޗުގެ މަސައްކަތްތައް ނުނިމިގެން އުޅެނީ ސަރުކާރުގެ ދޯދިޔާ ކަމުން: ޑރ. މުއިއްޒު

- ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު -

އާޓިފިޝަލް ބީޗުގެ މަސައްކަތްތައް ނުނިމިގެން އުޅެނީ މި ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވިސްނުންނެތުމުން ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، މިދިޔަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު ރައީސް ޔާމީންގެ ސަރުކާރުގައި އެކުންފުންޏާ ހަވާލު ކުރި މި މަސައްކަތް 5 މަސް ދުވަހުގެ ތެރޭގާއި ނިންމަން ޖެހުނުނަމަވެސް އަދާހަމައަށްވެސް މަސައްކަތް ނިމިފައި ނުވަނީ ނިމިދިޔަ ސަރުކާރުން އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާގޮތުން ކަމަށެވެ.

އެގޮތުން ނިމިދިޔަ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ހަމައެކަނި އެމްޓިސީސީއާއި ނޫން ކަމަށާއި މަސައްކަތްތައް އެކި ބައި ބަޔަށް ބަހާލައިގެން އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެމްޓީސީސީއާއި އެއްކޮށް އެ މަޝްރޫޢު ހަވާލު ކޮށްފައި ނުވާނޭ ކަމަށާއި އެގޮތަށް ކުރަން ނިއްމީ މަޝްރޫޢަށް ހަރަދު ބޮޑުވެގެންދާތީ ކަމަށެވެ.

އެހެންކަމުން ކުރީ ސަރުކާރުން ނިންމީ ޕަބްލިކް ވޯރކްސް ސަރވިސް އާއި ޕްރޮޖެކްޓުގައި އެއްބައި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮަތަށް ނިއްމީ ސަރުކާރުގެ މުވައްޒަފުން ލައްވާ އެމަސައްކަތް ކުރުމުން އިތުރު ހަރަދުތައް ނުހިނގާނެތީ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެއާއި ޙިލާފަށް އަދުގެ ސަރުކާރުން މުޅި މަޝްޜޫޢުގެ މަސައްކަތް ފަސޭހަ ކޮށްލުމަށްޓަކައި އެމްޓީސީސީއާއި ހަވާލު ކުރުމުން ހުރިހާ ފާއިސާއެއް ލިބިގެންދާނީ އެމްޓީސީސީއަށް ކަަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. ވިޔަފާރީގެ އުސޫލުން މިފަދަ ކަންތައްތައް ކުރުމުގެ ނަތީޖާއަކީ ޕްރޮޖެކެްޓުގެ އަގު ދެ ގުނަ ބޮޑުވެގެން ދިޔުންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އެމްޓީސީސީއަކީ ބޮޑެތި މަސައްކަތްތަށް ކުރާ ކުންފުންޏެއްކަމުން އެ މަސައްކަތުގެ ތެރޭގައި ހިމެނިގެންދާ ކުދި މަސައްކަތް ޕަބްލިކް ވޯކްސްއާއި ހަވާލުކުރުމުން ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އެއް ކުންފުނިތަކާއި  އެކި އެކި މުއައްސަސާތައްވެސް މަސައްކަތް ކުރީ އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެންކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން އެފަދަ ގޮތަކަށް މަސައްކަތް ނުކުރުމުގެ ނަތީޖާއަކީ މުޅި މަޝްރޫޢު އެއްކޮށް ބޮޑެތި އަގުގައި އެއް ކުންފުންޏަކަށް ދިނުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން އާޓިފިޗަލް ބީޗް ހަދަން ނިންމާފައިވާ ޕްލޭނަކީ ރައްޔިތުން އެންމެ ބޭނުންވާ ފަދަ އާންމުންނާއި އެކުވެރި ޕްލޭނަކަށް ނުވުމުން އެޕްލޭނަށްވެސް އިތުރު ބަދަލުތަކެއް ގެންނަންޖެހުނު ކަމަށާއި އެ ބަދަލުތަކާއި އިތުރު ހަރަދުގެ ގޮތުގައި ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ޚަރަދުވެގެންދިޔަ ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކުރީ ސަރުކާރުން މުޅި ޕްރޮޖެކްޓުގެ ކުރެހުން ނިއްމައި މަސައްކަތް ފަށަން ތައްޔާރުވެފައިވާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެތަން ޑިޒައިން ކޮށްފައިވާނީ ޑްރެއިނޭޖް ސިސްޓަމްވެސް ގާއިމްކޮށް އެތަނުގައި ހަދާ ޖޯލިފަތިތަކާއި އުނދޯލިތައްވެސް ހަދާގޮތަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުން ކުރިން ޕްލޭނުގައި ނުވެސް ނެތްކަންތައްތަކެއްގެ ގޮތުގައި ދެއްކުމަށްޓަކައި މެޓީރިއަލްތައް ބަދަލުވުމާއި ގަސް އިންދާ ގޮތާއި މި ހުރިހާ ކަމަކީވެސް އައި ބަދަލުތަކެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަވަން ކިތައްމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އެމްޓީސީސީގެ ސީއީއޯ ޝާހު މި ޕްރްޖެކްޓާއި ގުލޭގޮތުން މީޑިއާތަކުގައި ހައްދަވަނީ އިތުރުފުޅެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ކުރީ ސަރުކާރުގެ ބޮލުގައި ބަދުނާމް އެޅުވުމުގެ މަސައްކަތްކަމަށާއި މި ސަރުކާރުން އަލަށް ފެށި އެއްވެސް މަސައްކަތެއް އަދި މިއަދާއި ހަމައަށް ނޯންނާނޭ ކަމަށްވެސް މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އާޓިފިޗަލް ބީޗު ހުޅުވޭނެ ދުވަހަކީ މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން އިންތިޒާރުކުރާ ދުވަހެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފެށި އާޓިފިޝަލް ބީޗް ތަރައްގީކުރުމުގެ މަޝްރޫއަކީ ނިމިދިޔަ ރޯދަމަހަށް ނިންމަން ހަވާލުކުރި މަސައްކަތެކެވެ. އެހެންނަމަވެސް އާޓިފިޝަލް ބީޗުގެ މަސައްކަތް ސަރުކާރުން އެކި ބަހަނާތައް ދައްކާ މިއަދާއި ހަމައަށް ނިއްމާފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...