ބާޣީ ލުތުފީ ދޫކޮށްލުމަށް އައްޑޫ ޝަރީފް ގޮވާލައްވައިފި

ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް މަޢާފްދީ އޭނާ މިނިވަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ގޮވާލައިފިއެވެ.

ލުތުފީ މިނިވަންކޮށް ދޫކޮަށްލުމަށް ޝަރީފް ގޮވާލެއްވީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ލުތުފީ އަކީ 1988ގެ ނޮވެމްބަރ 03 ގެ ހަމަލާ އާއި ގުޅިގެން ތަޙްޤީޤަށް ހާޒިރު ކުރެވުނު މީހެއް ކަމަށާއި އޭރުގެ ސަރުކާރުން ލުތުފީ އަށް ކުރި އަނިޔާ ހަމަ ލޮލުން ދެކިލެއްވި ކަމަށެވެ. އެގޮތުން ލުތުފީ އަށް އޭރުގެ ސަރުކާރުން އަނިޔާ ދެމުން ދިޔައީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި ކަމަށާއި ލުތުފީގެ މައްޗަށް ޝަރީޢަތް ހިންގާފއި ވަނީ ވެސް އިންސާފުވެރި ކަމާއެކު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ލުތުފީގެ ހިމާޔަތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެއީ މިހާރު 70 އަހަރު ވާން ކައިރިވެފައި ހުރި މުސްކުޅިއެއް ކަމަށާއި އެހެންކަމުން ދިވެހި ސަރުކާރުން ބޮޑު ޚަރަދެއް ކޮށްގެން އޭނާ ރާއްޖެ ގެނައުމުގެ ބޭނުމެއް އޮތް ކަމަށް ދެކި ވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން އަމިއްލަ ޤައުމު ދޫކޮށް ބޭރު ޤައުމެއްގައި ފިލައިގެން އުޅުމަކީ ވެސް ޖަލެއްގައި އުޅުން ފަދަ ކަމެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ.

މީގެ އިތުރުން ނޮވެމްބަރ 03 ގެ ހަމަލާގައި 19 ދިވެހިން ޝަހީދުވި ނަމަވެސް އަބްދުﷲ ލުތުފީ އަކީ އެތަނުން އެއްވެސް މީހަކު ޝަހީދުކޮށްލި މީހެއް ނޫން ކަމަށާއި އެ އުދުވާނުގައި ލުތުފީ ބައިވެރިވި ނަމަވެސް ލުތުފީ އަކީ ހުދު ކާފޫރު ކޮޅެއް ފަދަ މީހެއްގެ ގޮތުގައި ދައްކާ ކުށެއް ނެތް މައުސޫމް މީހެއްކަން ދައްކަން ޝަރީފް މަސައްކަތް ކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ 19 ދިވެހިންގެ ގާތިލަކީ ލުތުފީކަން ހާމަކޮށް ދިނުމަށް އޭނާގެ ވާހަކަ ދައްކާ އޭނާގެ ކިބައިން ނެއްޓެން ނޭންގިގެން އުޅެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ލުތުފީ ޖަލުގައި ހޭދަކުރި މުއްދަތާއި، ޝަރީޢަތް ކުރިއަށް ދިޔަ ގޮތައް ބަލާފައި އެންމެ ރަނގަޅު ގޮތަކީ އޭނާ އަށް މަޢާފް ދިނުން ކަމަށާއި ލުތުފީ ދޫކޮށްލަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

1988 ވަނަ އަހަރު ދިވެހިރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީގެ ކުށެއް ނެތް ކަން ދައްކަން ސަރުކާރުގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން އެކަމަށް ވަކާލާތު ކުރެއްވީ ލުތުފީ ރާއްޖެ ނުގެނެސް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އޭނާއަށް މަތީ ފެންވަރުގެ ޚިދުމަތްދީ ސަރުކާރުން އޭނާ ހިމާޔަތް ކުރަމުން ގެންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަދައްކަވަމުންނެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ލުތުފީ ހާޒިރުވީ މެއި މަހުގެ 01 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލުތުފީ އެމްބަސީ އަށް ހާޒިރުވީ އޭޕްރިލް 20 ވަނަ ދުވަހު ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ... 01 ޖުލައި 2019 - 15:22

    ކޮންމެ މީހަކު ބުނި ކަމުގަ ވިއަސް ލުތުފީ މިނިވަން ކޮއްގެނެއް ނުވާނެ.19 ދިވެހިން މެރީ ލުތުފީގެ އަތުން ކަމުގައި ނުވިއަސް އޭނާ އަކީ އެ 19 ދިވެހިން މެރުމުގަ މަގުފަހި ކޮއްދިން ހާއިނު.

  2. ހަހާ 01 ޖުލައި 2019 - 13:17

    ބާޢީ ލުތުފީ ކިތަންމެވަރަކަށް ކުށެއްނެއް ކަމަށް ހަދާ ކިތަންމެ މައުސޫމް ކުރަން އުޅުނަސް އެއީ ކުށެއް ނުކުރާ މީހަކަށް ހެދޭނެ ހަމަ އެއްގޮތެއްވެސް ނެތޭ ބުނެވޭނީ.

ގުޅުން ހުރި
Loading...