ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމަށް ނިކަލޯޑިއަން ތައާރަފްކޮށްފި

ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމަށް މަޝްހޫރު ކުޑަކުދިންގެ ޓީވީ ޗެނަލް ނިކަލޯޑިއަން ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ ދިރާގު ޓީވީގެ އިންޓްރޯ އަދި ބޭސިކް ޕެކޭޖް ބޭނުން ކުރަމުންދާ ކަސްޓަމަރުންނަށް މިއަހަރުގެ ނިޔަލަށް ވީއޯޑީ ކޮންޓެންޓް ހިލޭ ބަލާލެވޭނެ ކަމަށެވެ. ދިރާގު ވީއޯޑީއަށް އިތުރުކުރި ނިކަލޯޑިއަންއަކީ ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލު އެއް ޗެނަލްއެވެ. ދިރާގުން ބުނީ ދިރާގު ޓީވީގެ ވީއޯޑީ ލައިބްރަރީ މިހާރަށްވުރެ ފުޅާކޮށް، ދިވެހި އަދި ބޭރުގެ ކޮންޓެންޓްތައް ފަސޭހަކަމާއެކު ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވީއޯޑީއަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ހުރ ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭ ޒަމާނީ ޕްލެޓްފޯމެކެވެ. ދިރާގު ޓީވީގެ ވީއޯޑީ ފަރުމާކޮށްފައިވަނީ ހޯމް ސްކްރީންގައިވާ ވީއޯޑީ ބަޓަންއަށް ފިތާލުމުން ކޮންޓެންޓް ބަލާލެވޭ ގޮތަށެވެ.

ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަކަމާއި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. މީގެ ދެ އަހަރު ކުރިން ތައާރަފްކުރި ދިރާގު ޓީވީގެ ޚިދުމަތް ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ވަނީ ފުޅާކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...