އެސްޓީއޯގެ ވެއާހައުސް ސޭލް ޖުލައި 2 ވަނަ ދުވަހު ފަށަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސް ވެއާހައުސް ސޭލް އަންނަ ޖުލައި މަހު ފަށަން ތައްޔާރުވެއްޖެއެވެ.

ޖުލައި މަހުގެ ދެވަނަ ދުވަހު ފަށާ އެ ވެއާހައުސް ސޭލް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

އަމީނީމަގުގައި ހުންނަ އެސްޓީއޯގެ 7 ނަންބަރު ކޮށީގައި ބާއްވާ އެ ސޭލްގައި އެސްޓީއޯއިން ވިއްކާ މުދަލުގެ ބާވަތްތަކުން 80 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރުވަނަ ދުވަހާ ހަމައަށް ކޮންމެ ރެއަކު ވެސް 08:00 އިން 11:00 އަށް އެ ފެއާ ކުރިއަށްދާނެއެވެ. އަދި ޖުލައި ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު އެ ފެއާ ކުރިއަށްދާނީ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 11:00 އާ ހަމައަށެވެ.

އެ ސޭލްއިން ވިޔަފާރިކުރާ ކޮންމެ ފަރާތަކެއް ވެސް ކޫޕަނެއް ދޭއިރު، ކޮންމެ ރެއަކު ނަގާ ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ވަރަށް ޚާއްސަ އިނާމު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...