އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ފަށައިފި

ގިނަ އަދަދެއްގެ ޓުއަރ އޮޕަރޭޓަރުންނާއި އެގްޒިބިޓަރުންނާއެކު މިއަހަރުގެ އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް ހުޅުމާލޭ ފަރުކޮޅު ފުށީގައި ފަށައިފިއެވެ.

މިއީ ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި ވިޔަފާރިކުރާ ފަރާތްތަކުގެ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނަށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ.

ފެއަރ އިންތިޒާމް ކުރާ އައިއެމްޓީއެމް އިން ބުނީ މިފަދަ ފެއަރއެއް ރާއްޖޭގައި ކުރިއަށްގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށް ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވުމުގެ ބަދަލުގައި ބޭރުގެ ޓްރެވެލް އޭޖެންޓުންނާއި އެއްތަނަކުން ބައްދަލުވުމަކީ ލިބޭނެ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މިއީ މިފަދަ ދެވަނަ ފެއަރއަށް ވީއިރު މިފަހަރުގެ އަމާޒަކީ އިތުރު މަންޖިލްތަކުން ރާއްޖެއަށް ޓުއަރ އޮޕަރޭޓަރސްތައް ގެނައުން ކަމަށް ފެއަރ އިންތިޒާމްކުރާ އައިއެމްޓީއެމްއިން ބުނެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިފަހަރުގެ ފެއަރގައި ބޭރުގެ 69 ޓުއަރ އޮޕަރޭޓަރުންނާއި ރާއްޖޭގެ 60 ރިސޯޓުންނާއި 100 އަށްވުރެ ގިނަ ގެސްޓްހައުސްއިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ވެސް ބައިވެރިވެއެވެ.

މިދިޔަ އަހަރުގެ އައިއެމްޓީއެމް ފެއާގައި ރާއްޖޭގެ 330 ކުންފުންނަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ގިނަ ކުންފުނިތަތަކުން ވަނީ ބައިވެރިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...