ކޮޕާ އެމެރިކާގެ ކުއާޓަރއަށް އުރުގުއޭ ދަތުރުކޮށްފި

ހަނި ގޮތަކަށް ޗިލީ އަތުން ހޯދި މޮޅާއެކު ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކޮޕާ އެމެރިކާގެ ކުއާޓަރ ފައިނަލަށް އުރުގުއޭ ދަތުރުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު މެޗު އުރުގުއޭއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރޮޑްރިގޭޒް ނަގައިދިން ހުރަހަކުން އައި ބޯޅައެއް ބޮލުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އުރުގުއޭގެ ޤައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން 48 ވަނަ ލަނށެވެ.

އެ މެޗުން ބަލިވި ނަމަވެސް މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ، ގިނަ ހަމަލާތަކެއް އުފެއްދީ ޗިލީންނެވެ.

ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް މިހާރު ވަނީ ނިމިފައެވެ. ހުކުރު ދުވަހު ފަށާ އެ މުބާރާތުގެ ކުއާޓަރ ފައިނަލް ބުރުގައި އެންމެ ފުރަތަމަ ކުޅޭނީ ބްރެޒިލްއާއި ޕެރެގުއޭ ބައްދަލުކުރާ މެޗެވެ. އަދި ހޮނިހިރު ދުވަހު ވެނެޒުއޭލާއާއި އާޖެންޓީނާ އަދި ކޮލަމްބިއާއާއި ޗިލީ ބައްދަލުކުރާ މެޗުތައް ކުޅޭއިރު، އުރުގުއޭއާއި ޕެރޫ ބައްދަލުކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...