އިންޑިއާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 6 މީހުން މަރުވެއްޖެ

އިންޑިއާގެ ޖަރްކަންދްގައި ބަހެއް ފުރޮޅާލި ހާދިސާގައި ހަ މީހުން މަރުވެ، ސާޅީސް ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އެ އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 03:30 ހާއިރުގައެވެ. އެ ހާދިސާ ހިނގިއިރު އެ ބަސް ދަތުރު ކުރަމުންދިޔައީ އަމްބިކަޕޫރުން ގަރްވާއަށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ އެ ބަސް މަގުން ކަހާލައިގެން ގޮސް ވާދީއެއްގެ ތެރެއަށް ފުރޮޅާލުމުންނެވެ. އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކުކަށް ފަރުވާ ދިނުމަށްޓަކައި ރާންޗީގައި ހުންނަ ރަޖެންދްރަ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްއަށް ގެންގޮސްފައިވާއިރު، ބާކީ ތިބި މީހުންނަށް ފަރުވާ ދެމުންދަނީ ގަރްވާގެ ހޮސްޕިޓަލަކުންނެވެ.

ފަހަކަށް އައިސް އިންޑިއާގައި ހިނގާ ބަސް އެކްސިޑެންޓްތަކުގެ އަދަދު ވަނީ އިތުރުވެފައި. އެގޮތުން މިމަހުގެ ދިހަވަނަ ދުވަހު ޕަޓްނާއަށް ދަތުރު ކުރަމުންދިޔަ ބަހެއް ވަނީ ޕާކްކޮށްފައި އޮތް ޓްރެއިލަރ ޓްރަކެއްގައި ޖެހިފައެވެ. އެ ހާދިސާގައި އަށް މީހުން މަރުވިއިރު، ތިން މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...