އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފޮހެލުމުގެ ފުރަތަމަ ފިޔަވަޅު އެމްޑީޕީ އިން އަޅައިފި: އަބްދުއްރަހީމް

- ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -

ދިވެހިންގެ ފަހުރެއް ކަމަށްވާ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފޮހެލުމުގެ ފުރަތަމަ ފިޔަވަޅު އެމްޑީޕީ އިން އަޅައިފިކަމަށް ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީއަށް ފުރަތަމަ ވެރިކަން ލިބުމާ އެކު މަސައްކަތް ކުރީ އަރަބި އަދި އިސްލާމީ ތައުލީމު ދިވެހި މަދަރުސާތަކުން ފޮހެލުމަށް ކަމަށެވެ.

އަދި އޭރު އެކަން އެމްޑީޕިއަށް ކާމިޔާބުވާ ގޮތް ވަނީ ނުވެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ދިވެހި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް ބަދަލު ކުރުމަށް އެމްޑީޕީ އިން ކުރާ މަސައްކަތަކީ އިސްލާމިކް ޔުނިވާސިޓީ ވުޖޫދުން ފޮހެލުމަށް އެމްޑީޕީއިން ކުރަމުންދާ މަސަތްކަތުގެ ފުރަތަމަ ފިޔަވަޅު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައިމިވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު މަޖިލީހަށް ހުށަހަޅުއްވާފައިވައި ބިލާ ގުޅިގެންނެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ހުށަހަޅުއްވާފައިވާ އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށްް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ވަނީ އިސްލާމިކް ޔުނިވާސިޓީއަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގަައިފިނަމަ ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވެ އެގޮތަށް ގާނޫނު އިސްލާހުކުރުމަށް ތާއީދުކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޔަޙްޔާ 24 ޖޫން 2019 - 20:50

    ރާއްޖޭގައި ޖެހޭތޯ އިންޓަރނޭޝަނަލް ސްކޫލްތައް ބަހައްޓަން. އިސްލާމިކް ޔުނިވަރސިޓީ އުވާލަންޏާ.

ގުޅުން ހުރި
Loading...