ބޭނުން ކުރެވޭ ރިޒާވް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދަށަށްގޮސްފި

ބޭނުން ކުރެވޭ ރިޒާވް ނުވަތަ ދައުލަތުގެ ޔޫސެބުލް ރިޒާވް ޖެހިޖެހިގެން ތިން ވަނަ މަހު ދަށަށް ހިނގަށްޖެ ކަން ސަރުކާރުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާއްމުކޮށްފައިވާ ކޮށްފައިވާ، ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަސް ނިމުނު އިރު ޔޫސަބުލް ރިޒާވް ވަނީ 250.2 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މާޗް މަހު ޔޫސެބުލް ރިޒާވްގެ ގޮތުގައި 251.8 މިލިއަން ޑޮލަރު ހުރި. އެހެންކަމުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި ޔޫސަބަލް ރިޒާވުން 1.6 މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ.

އޭޕްރީލް މަހުގެ ކުރިން މާޗް މަހާއި ފެބްރުއަރީ މަހުވެސް ޔޫސަބަލް ރިޒާވް ދަށަށް ގޮސްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން އެބަހުރިއެވެ. މާޗް މަހު ޔޫސަބަލް ރިޒާވްގައި 317.9 މިލިއަން ޑޮލަރު ހުރި ނަމަވެސް ފެބުރުއަރީ މަހު ޔޫސަބަލް ރިޒާވް، 295.3 މިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. މާޗް މަހު ޔޫސަބަލް ރިޒާވް ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފަ. މިދިޔަ މަހު ޖުމްލަ ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގައެވެ.

އެއީ، މާޗް މަހު ޖުމްލަ ރިޒާވް ހުރި އަދަދަށް ވުރެ، 1.8 މިލިއަން ޑޮލަރު އިތުރު އަދަދެއްކަން ފާހަގަކޮށްލެވޭ. ނަމަވެސް ފެބުރުއަރީ މަހު ޖުމްލަ ރިޒާވް ހުރީ 938.6 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު ބޮޑު އަދަދެއް ވަނީ ރަސްމީ ރިޒާވުން ވެސް މިހާތަނަށް މަދުވެފައެވެ. ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ރަސްމީ ރިޒާވް ފަސް އަހަރު ދުވަހުން އެއް ބިލިއަން ޑޮލަރަށް އަރުވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު އެއް ބިލިއަން ޑޮލަރަށް ރިޒާވް އިތުރު ކުރަން ބޭނުންވީ ފަންސާހަކަށް މިލިއަން ޑޮލަރެވެ.

އެއީ ރައީސް ޔާމީންގެ ވެރިކަމުން ފައިބާވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގެ ގޮތުގައި 786 މިލިއަން ޑޮލަރު ހުރުމާ ގުޅިގެންނެވެ. މި ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް މިހާރު ހުޅުވާފައި ހުރި ރިސޯޓްތަކާއި އިޤުތިޞަދީ ކުރިއެރުން އަންނަމުންދާ މިންވަރަށް ބަލާއިރު ފަސް އަހަރު ދުވަހުން ރިޒާވް އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިޤުތިޞަދީ ދާއިރާގެ ތަޖުރިބާކާރުން ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

މަހުން މަހަށް ރިޒާވް ދަށްވެ އިގްތިސާދީ ކުރިއެރުން މަޑުޖެހެމުން ދާއިރު ސަރުކާރުން ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި އިގްތިސާދަށް ފައިދާ ކުރަނިވި އެންމެ މަޝްރޫޢެއް ވެސް ހިންގާފައި ނުވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...