ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސް ވެދާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓެއް ނެރެފިއެވެ.

މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ. އެލާރޓް އަމާޒުކޮށްފައި ވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

ވައިޓް އެލަރޓް ނެރެފައިވާ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން މެދު ރާއްޖެ ތެރޭގައި ސަރަހައްދުތަކަށް އާދައިގެ މިންވަރަކަށް ވާރޭ ވެހޭނެ ކަމަށާއި އެހެން ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...