މޯލްޑިވިއަންއިން ބެންކޮކް ދެކޮޅު ޓިކެޓު 318 ޑޮލަރަށް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ޤައުމީ އެއާލައިން މޯލްޑިވިއަންއިން ޚާއްސަ އަގުތަކެއްގައި ބެންކޮކަށް ދަތުރު ކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުން އެ އެއާލައިންގެ ބެންކޮކް ދަތުރުތަކަށް އަމާޒުކޮށްގެން ފެށި އެ ޕްރޮމޯޝަންގެ ދަށުން ދެކޮޅު ޓިކެޓެއްގެ އަގު ފަށަނީ 318 ޑޮލަރު ނުވަތަ ބެންކް ރޭޓުން ނަމަ 4،903.56 ރުފިޔާއިންނެވެ.

އެ ޕްރޮމޯޝަންގެ ދަށުން 40 ކިލޯގެ ބެގޭޖް އެލަވަންސްއެއް ލިބޭނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެއެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބިދޭސީންގެ އަތުން ފެއާ އަގުގެ އިތުރަށް 26 ޑޮލަރު ޗާޖު ކުރާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެއެވެ.

ބެންކޮކް ދަތުރުތަކަށް އަމާޒުކޮށްގެން މޯލްޑިވިއަންއިން ފެށި އެ ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...